ޚަބަރު

ފުލުހުންގެ އިލްތިމާސެއް: ސްނެޕްޗެޓަކީ ސެކިއޯ އެޕެއް ކަމަށް ހީކޮށް ފޮޓޯތައް ނުފޮނުއްވާ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ސްނެޕްޗެޓް---

ސްނެޕްޗެޓަކީ ސެކިއޯ އެޕެއް ކަމަށް ހީކޮށް އެކި ފާޑުފާޑުގެ  ފޮޓޯތައް ނުފޮނުވުމަށް ފުލުހުުންގެ ހިދުމަތުން އިލްތިމާސްކޮށްފި އެވެ.

Ads by STELCO

ބަރަހަނާ ފޮޓޯ އާއި ވީޑިއޯ ހިމެނޭ 571 ޗެނަލް ފުލުހުންގެ ބާރުގެ ދަށަށް ގެނައިކަން ފުލުހުން ހާމަކުރީ އިއްޔެ އެވެ. އޭގެ ތެރޭގައި ކުޑަކުދިންގެ ފޮޓޮތައް ވެސް ހިމެނެ އެވެ،

އެކަމާ ގުޅޭގޮތުން ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ހެޑް އޮފް ސައިބާ ކްރައިމް ސެންޓަރުގެ ސުޕްރިންޑެންޓް އޮފް ޕޮލިސް މުހައްމަދު ސަމީހު މިއަދު ވިދާޅުވީ ފޮޓޯތައް ލީކުކޮށްފަދަ ކަންކަން ދުވަހުން ދުވަހަށް އިތުރުވަމުންދާ ކަމަށެވެ،

އެހެންކަމުން އެ ބާވަތުގެ ކަންކަމަށް ހުށިޔާރުވެ އިލެކްޓްރޯނިކް ވަސީލަތްތައް އެކިއެކި ޕްލެޓްފޯމް މެދުވެރިކޮށް "ކޮމްޕްރޮމައިޒް" ވާ ފަދަ މަންޒަރުތައް ނުފޮނުވުމަށް އޭނާ އިލްތިމާސް ކުރެއްވި އެވެ.

"ސްނެޕްޗެޓް ކަހަލަ ޕްލެޓްފޯމްތަކުގައި ފޮޓޯ ފޮނުވާލީމަ ޑިލީޓްވާކަމަށް ގަބޫލުކޮށް އެއީ ސެކިއޯ އެއްޗެއް ކަމަށް ހީކޮށް އެއީ ރެކޯޑް ނުކުރެވޭނެ ކަމަަށް ބަލާ އެ ފޮނުވާ ފޮޓޯތައް ވެސް ރެކޯޑް ކުރެވޭނެ ވަސީލަތްތައް ވެސް އެބަހުރި. އެހެންވީމާ މިފަދަ ކަންކަމުން ދުރުވުމަށް އަޅުގަނޑުމެން އިލްތިމާސްކުރަން" އޭނާ ވިދާޅުވި އެވެ.

ހަމަ އެހެންމެ ކުޑަކުދިން މޮބައިލް ޑިވައިސްތައް ބޭނުންކުރާ އިރު އެ ކުދިން އެ ބޭނުންކުރާ ގޮތް ބެލެނިވެރިން ބަލާ ހުށިޔާރުވެ މޮނިޓާކުރުމުގެ މުހިންމުކަންވެސް ސަމީހު ފާހަގަކުރެއްވި އެވެ.

"ހާއްސަކޮށް ސޯޝަލް މީޑީއާ ފަދަ އެކިއެކި ޕްލެޓްފޯމްތަކަށް ކުޑަކުދިންނަށް އެކްސެސް  ކޮންމެހެން ދޭން ޖެހޭ އެކްސެސް ނޫނީ ނުދީ  ކޮންމެހެން ދޭން ޖެހޭ ހާލަތެއްގައި އެކަށީގެންވާ ޕޭރަންޓަލް ކޮންޓްރޯލްގެ މެކޭނިޒަމްތައް ނޫނީ އެޕްލިކޭޝަންތައް ބޭނުންކޮށްގެން އެ ހިދުމަތް ނޫނީ ޑިވައިސްތައް މޮނީޓާ ކުރުމަށް އަޅުގަނޑުމެން އިލްތިމާސްކުރަން"  ސަމީހު ވިދާޅުވި އެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!