ޚަބަރު

މުދަލު ޒަކާތުގެ ގޮތުގައި ބަހާ އަަދަދު މި އަހަރު އިތުރު، ބޮލަކަށް 4000 ރުފިޔާ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

މުދަލު ޒަކާތުގެ ގޮތުގައި މި އަހަރު ބަހާ އަދަދު އިތުރުވެއްޖެ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް މުދަލު ޒަކާތުގެ ފައިސާ މިހާރު ބަހަން ފަށާފައިވާ ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ  މިއަހަރު މުދަލު ޒަކާތުގެ ގޮތުގައި މާލެއާއި އަތޮޅުތަކުން ޖުމްލަ 3183 މީހުންނަށް، ބޮލަކަށް 4000 ރުފިޔާ ޒަކާތުގެ ގޮތުގައި ބަހާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

Ads by MWSC

މީގެ ކުރިން 2023 ވަނަ އަހަރު ބޮލަކަށް 3500 ރުފިޔާގެ މަގުން މުދަލު ޒަކާތް ބަހާފައިވާއިރު، 2022 ވަނަ އަހަރު މުދަލު ޒަކާތުގެ ފައިސާގެ ގޮތުގައި ބަހާފައިވަނީ ބޮލަކަށް 3000 ރުފިޔާއެވެ. އަދި 2021 ވަނަ އަހަރު މުދަލު ބަހާފައިވަނީ ބޮލަކަށް 2700 ރުފިޔާއެވެ.

ޒަކާތުގެ ފައިސާ ޖަމާކުރަމުންދަނީ 2021 ވަނަ އަހަރުން ފެށިގެން މިއަދާއި ހަމައަށް އޮތް ފަގީރުންނާއި މިސްކީނުންގެ ދަފްތަރު ރިވިއުކުރުމަށްފަހު ޝަރުތުހަމަވާ ފަރާތްތަކުގެ އެކައުންޓުތަކަށް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.

އޭގެ އިތުރުން މިއަހަރުގެ މިހާތަނަށް ޒަކާތު ފަންޑުން ބޭސްފަރުވާއަށް 16.8 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!