Tuesday, 3 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ގެދޮރުވެރިޔާ ފްލެޓްތަކުގެ މައްސަލާގައި ހައުސިން މިނިސްޓްރީއާ އެޗްއާރުސީއެމުން ބައްދަލުކޮށްފި

ގެދޮރުވެރިޔާ ފްލެޓްތަކުގެ މައްސަލާގައި ހައުސިން މިނިސްޓްރީއާ އެޗްއާރުސީއެމުން ބައްދަލުކޮށްފި

ކުރީގެ ސަރުކާރުން ފެށި ގެދޮރުވެރިޔާ ފްލެޓްތަކުގެ ސްކީމްގައި ކޮރަޕްޝަނަށް ތުހުމަތު ކުރެވޭ ކަންކަން ވެސް ފާހަގަ ކުރެވި ފްލެޓްތައް ހަވާލުކުރުން ލަސްވެފައިވަނިކޮށް އެ މައްސަލާގައި ހައުސިން މިނިސްޓްރީއާ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އިން ބައްދަލުކޮށްފި އެވެ.

އެޗްއާރުސީއެމުން ބުނީ އެ ކޮމިޝަނުން ހައުސިން މިނިސްޓްރީއާ ބައްދަލުކުރީ އެ މައްސަލާގައި ކޮމިޝަނުން ބަލަމުންދާ ކަންތައްތަކުގެ މައުލޫމާތު ހޯދުމަށް ކަމަށެވެ. އަދި ހައުސިން މިނިސްޓްރީން މައުލޫމާތުތައް ފޯރުކޮށްދީފައިވާ ކަމަށް އެޗްއާރުސީއެމުން ބުންޏެވެ.

ރައްޔިތުންގެ ވެސް ގިނަ ކަންބޮޑުވުންތަކެއް އޮތް އެ މައްސަލާގައި ކަމާ ގުޅުން ހުރި މުއައްސަސާތަކާ ގުޅިގެން ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެޗްއާރުސީއެމުން ބުންޏެވެ.

Advertisement
Ooredoo — Truecaller (box)

އެ ބައްދަލުވުމުގައި އެޗްއާރުސީއެމްގެ މެންބަރުންނާއި ހައުސިން މިނިސްޓަރު އަލީ ހައިދަރު އަހުމަދު ބައިވެރިވެވަޑައިގެންފައިވެ އެވެ.

މިދިޔަ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމުގެ ދަށުން 4،000 ފުލެޓު ލިބޭ މީހުންގެ ފައިނަލް ލިސްޓު އަންނަ އޮކްޓޯބަރު މަސް ނިމުމުގެ ކުރިން އިއުލާން ކުރާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފައިވެ އެވެ.

އޭރުގެ ސަރުކާރުން ނިންމީ ފްލެޓަށް ކުރިމަތިލި 15،081 މީހުނަށް ވެސް ފްލެޓް ދިނުމަށެވެ. އެ ވަގުތު މަސައްކަތް ނިމިފައި ވަނީ 4،000 ފްލެޓެވެ. އެ ފްލެޓްތައް ލިބެނީ އެންމެ ގިނަ ޕޮއިންޓު ލިބުނު 4،000 މީހުނަށެވެ.

ނަމަވެސް ޕޮއިންޓް ދީފައިވަނީ ފޯމުގައި ފުރާފައިވާ ގޮތަށް ބަލައިގެން އެކަންޏެވެ. ބައެއް ފޯމުތަކުގައި ތެދު ނޫން މައުލޫމާތު ހުރި ކަން އޭސީސީން ބެލި ބެލުމުން އެނގިފައިވެ އެވެ. ކުރީގެ ސަރުކާރުގައި މި ސްކީމް ހިންގި ބައެއް އިސްވެރިންގެ ގެދޮރު ވެސް އޭސީސީން ބަލައިފާސްކޮށްފައިވެ އެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް