ހުޅުމީދޫގައި ރޭ އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް އަނިޔާވެއްޖެ

އައްޑޫ ސިޓީގައި ހުޅުދޫ/މީދޫ ސަރަހައްދުގައި ދެ ސައިކަލެއް ރޭ އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް އަނިޔާވެއްޖެ އެވެ.
ފުލުހުން ބުނި ގޮތުގައި އެ އެކްސިޑެންޓުގެ ރިޕޯޓު އެ ހިދުމަތަށް ލިބުނީ ރޭ 11 ޖަހާކަށް ހާއިރެވެ. އަދި އެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުނަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ފަރުވާ ދެމުންދާ ކަމަށް ބުންޏެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ބަލަމުންނެވެ.