ޚަބަރު

ތަރިކައިން އާމްދަނީ ހޯދަން މަސައްކަތް އެބަ ކުރަން: މިނިސްޓަރު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
މިނިސްޓަރު އާދަމް ނަސީރު މިއަދުގެ ޕްރެސްގައި/ ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގައި ޒަމާނުއްސުރެ ކަންކުރެވިފައި އޮތް ގޮތުން ތަރިކަ ރައްކާތެރިކޮށް އެ ބެލެހެއްޓުމުގެ ދާއިރާ ވެފައިވަނީ ހަރަދުތަކެއްކޮށް އެއިން އާމްދަނީ އެއް ނުލިބޭ ދާއިރާއަކަށް ކަމަށާއި ނަމަވެސް އެކަން ބަދަލު ކުރައްވާނެ ކަމަށް ބަހާއި ތަރިކައިގެ މިނިސްޓަރު އާދަމް ނަސީރު ވިދާޅުވެއްޖެ އެވެ.

Ads by Hajj Corporation

މިނިސްޓަރު އާދަމް ނަސީރު އެހެން ވިދާޅުވީ, އެ މިިނިސްޓްރީގެ މަސައްކަތްތަކާއި ގުޅޭ ގޮތުން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ދެއްވި ޖަވާބުގަ އެވެ.

ރާއްޖޭގެ ދެ ސަރަހައްދެއްގައި ސައިޓް މިއުޒިއަމެއް ހެދުމަށް މަސައްކަތް ކުރަމުންދާތީ އެކަމަކީ ފީސިބަލް ކަމެއްތޯ ނޫސްވެރިޔަކު ވަނީ ސުވާލުކޮށްފަ އެވެ. ނ. ލަންދޫ މާ ބަދިގެ ސަރަހައްދު އަދި ތ. ދިޔަމިގިލި ގަނޑުވަރު ސައިޓް މިއުޒިއަމެއް ގޮތުގައި ތަރައްގީކުރަމުން އަންނަ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

އެ ސުވާލުގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވީ, މި ސަރުކާރުގެ ސިޔާސަތަކީ ޒަމާނީ ޓެކްނޮލޮޖީއާއި ދުނިޔޭގެ އެހެން ގައުމުތަކުގައި ކަންކުރަމުން އަންނަ ގޮތް ނަމޫނާއަކަށް ބަލައިގެން ތަރިކައިގެ ވާހަކަތައް ގެނެސް ދިނުން ކަމަށެވެ. އަދި އެކަން އެގޮތަށް ކުރެއްވިޖެނަމަ ތަރިކައަކީ ދިރިއުޅުުުގެ ބައެއްގެ އިތުރުން ގައުމީ އާމްދަނީގެ ބައެއް ގޮތަށް ބަދަލުވެގެންދާނެ ކަމަށް ވިދާޅުވި އެވެ.

"ޒަމާނުއްސުރެ ކަންކުރެވުމެން އައި ގޮތުން ދިވެހިރާއްޖޭގެ ތަރިކައިގެ ދާއިރާ ވެފައި މި އޮންނަނީ ހަރަދުކޮށް އެއިން ބަދަލެއް ނުލިބޭ ދާއިރާއަކަށް. ރައީސްގެ ސިޔާސަތަކީ ސަގާފަތާއި ތަރިކައިން އާއްމުދަނީ ހޯދުން." މިނިސްޓަރު ވިދާޅުވި އެވެ.

"ރާއްޖެއަކީ ވަރަށް ދުވަސްވީ ގައުމެއް, ވަަރަށް ގިނަ ވާހަކައެއް އެބައޮތް, އެ ޖެހޭނީ އާއްމުދަނީ ހޯދޭނެ ގޮތަކަށް ބަދަލު ކުރަން"

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވަނީ ތަރިކަ ހިމާޔަތް ކުރަން އެ މިނިސްޓްރީން ކުރަމުން އަންނަ ބައެއް މަސައްކަތްތައް ހިއްސާކޮށްފަ އެވެ. އެގޮތުން އުތީމު ގަނޑުވަރުގެ ފުރާޅު މަރާމާތުކުރުމާއި, ތ. ކަނޑޫދޫ ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުން ހުވަދޫ ސަރަހައްދީ ދާރުލް އާސާރުގެ ސްޓަޑީ ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވިދާޅުވި އެވެ.

  1. އެހެން

    ކަލޯ ވަރެއް ނޯންނާނެ ތިޔަކަމުގަ މިހާރުވެސްނޭންގެ ކޮންމެ ދުވަހަކު ތިޔަވުޒާރާގެ ސައިފޮދައް ސަރުކާރު ބަޖެޓުން ހަރަދު ކޮއްލާވަރެއް މުންޖޭ ީ
    ތިކިޔަނ