ޚަބަރު އިޖުތިމާޢީ ސަރުކާރު

ބާޒާރު މަތިން ބިދޭސީން ނުފެނުން އެއީ މިކުރާ މަސައްކަތުގެ ނަތީޖާ: ޝަމްއާން

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން
ހަވާސާއިން ބޭރުން ޕްރޮގްރާމުގައި ޝަމްއާން ވާހަކަ ދައްކަވަނީ

ކުދި ވިޔަފާރި އާއި ކަންމަތީ ޓޭކްއަވޭ ޝޮޕާއި ކަންމަތީ ޝޮޕެއްގައިވެސް ބިދޭސީން ނުފެނުން އެއީ އިމިގްރޭޝަނުން ކުރަމުންދާ މަސައްކަތުގެ ނަތީޖާ ކަމަށް އިމިގްރޭޝަންގެ ކޮންޓްރޯލާ މުހައްމަދު ޝަމްއާން ވަހީދު ވިދާޅުވެއްޖެ އެވެ.

Ads by MWSC

ޝަމްއާން އެހެން ވިދާޅުވީ "ދެން" އިން ގެނެސްދޭ ހަވާސާއިން ބޭރުން ޕްރޮގްރާމުގައި ދިވެއްސަކު ފަހަތުގައި ނެތި ބިދެސީން އަމިއްލަ އަށް ހިންގާ ވިޔަފާރިތަކުގެ މައްސަލަ އެއީ ހައްލުވެދާނެ ކަމެއްތޯ އާއި އެއީ ކިހާ ދުވަހަކުން ހައްލުވާނެ ކަމެއްތޯ ކުރި ސުވާލަށް ޖަވާބު ދެއްވަމުން ނެވެ.

ޝަމްއާން ވިދާޅުވީ އެއީ މިއަދަކު އެކަނި ދިމާވާ މައްސަލައެއް ނޫން ކަމަށެވެ. އަދި އެއީ ކުޑަ މައްސަލައެއް ބޮޑުވަމުން ގޮސް ގައުމީ ނުރައްކަލަށް ގެއްލުންވާ ވަރަށް ބޮޑުވެފައިވާ މައްސަލައެއްކަންވެސް އޭނާ ފާހަގަކުރެއްވި އެވެ.

ޝަމްއާން ވިދާޅުވީ އެ އޮތޯރިޓީ އަށް ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވާފައިވާ އިހްތިޔާރުގެ ދަށުން މިހާރު ގާނޫނު ތަންފީޒު ކުރަމުންދާ ކަމަށެވެ.

"އެ އިރުޝާދާ ލަފާފުޅުގެ މަތިން އަޅުގަނޑުމެންގެ މަސައްކަތް މުޅިން ހެން ކަހަލަ ގޮތަކަށް ޑިޒައިން ކުރަމުން މިދަނީ. އަދި ފޯކަސް އޭރިއާތަކަކީވެސް މުޅިން މިގޮތައް ފޯކަސް ކުރާ އޭރިއާތައް "

ބާޒާރު މަތީގެ ގޮޅިތައް ހިންގަން ބިދޭސީން އަތްގަދަކޮށް ދިވެހިން އޭގެ ތެރޭގައި އެއް ގޮތަކަށްވެސް ނެތް މިންވަރަށް ބިދޭސީންގެ ގޮޅިތަކާއި ވިޔަފާރިތައް ހިނގަމުންދިޔަ ތަންތަން ފާހަގަކޮށްފައިވާ ކަމަށް ޝަމްއާން ވިދާޅުވި އެވެ. އެގޮތުން ހިންގި އެންމެ ފުރަތަމަ ބޮޑު އޮޕަރޭޝަނުގައި ގާތްގަނޑަކަށް 83 މީހުން އިމިގްރޭޝަންގެ ދަށަށް ގެންދިޔަކަމަށް އޭނާ ވިދާޅުވި އެވެ.

"އެއީ މާލޭގައި ހުރި ބޮޑެތި މާރުކޭޓުތައް، ލޯކަލް މާރުކޭޓް، ދަތުރުވެރިންގެ މާރުކޭޓް، އަމީނީ މަގުގައި ހިންގަމުން ގެންދިޔަ މާރުކޭޓު އަދި މަޖީދީ މަގުގައިވެސް ހިންގަމުން ގެންދިޔަ މާރުކޭޓެއް. މި ތަންތަނުން ހަގީގަތުގައި އެ އޮޕަރޭޝަނަށް ފަހު ގިނަ އަދަދަކަށް ބިދޭސީންތަކެއް ގެނައި. އޭގެ ނަތީޖާ އަޅުގަނޑަށް ހީވޭ ފެންނަން ފަށައިފި ހެން"

އޭގެ އިތުރުން ކޮންޓްރޯލާ ވިދާޅުވީ މި ވަގުތުގައި ބާޒާރުތަކުގައި އަމިއްލަ އަށް މަސައްކަތްކުރާ ބިދޭސީން ނުތިބި ނަމަވެސް ބައެއް މާރުކޭޓު ގޮޅިތަކުގައި ދިވެހިންނަށް އެހީތެރިވުމުގެ ގޮތުންނާއި އެހެނިހެން ކަންކަމުގައި އެމީހުންގެ ނަން މަތީ ގެނެސްފައި ތިބި، ނޫނީ ސިޓީ ކައުންސިލްގެ ހުއްދައެއް ދީފައި ތިބި ބިދޭސީން ފެންނާނެ ކަމަށެވެ.

"އެހެންވީމަ އަޅުގަނޑުމެން އެއްގޮތަކަށްވެސް، ކުރިން ދެންނެވި ފަދައިން، ބިދޭސީން އެކަނި ނޫނީ ބިދޭސީން އަމިއްލަ އަށް އަތް ގަދަކޮށް ނޫނީ އެމީހުން އަމިއްލަ އަށް ވިޔަފާރީގެ އަގުތައް ކޮންޓްރޯލް ކުރުމާ މިކަހަލަ ކަންކަން ކުރުމަކަށް ފުރުސަތެއް ނުދޭނަން. މިއީ ރާއްޖޭގެ ގާނޫނު ހުއްދަ ކުރާ ކަމެއް ނޫން."

ކުދި ވިޔަފާރި އާއި ކަންމަތީ ޓޭކް އަވޭ ޝޮޕާއި ކަންމަތީ ފިހާރަތަށް އަދި އެއަށް ވުރެ ބޮޑުވެގެންދާ ހުރިހާ ކަމެކަށްވެސް އިމިގްރޭޝަންއިން އެޓެންޑު ވާނެ ކަމުގެ ޔަގީންކަން ޝަމްއާން ދެއްވި އެވެ.

ރާއްޖޭގެ ގާނޫނަކީ ނެގެހެއްޓޭނެ އެއްޗެއްކަން ސާބިތުކޮށްދޭނެ ކަމަށް ވިދާޅުވި އެވެ. އަދި އިމިގްރޭޝަނުން ރާއްޖޭގައި އުފެދިފައިވާ ގާނޫނުގެ ދަށުން ހެދިފައިވާ ގަވައިދުތަކަށް ފުރިހަމަ އަށް ތަންފީޒް ކުރާނެ ކަމަށްވެސް ވިދާޅުވި އެވެ.

ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އިމިގްރޭޝަނުން ފަށާފައިވާ މަސައްކަތުގައި ނޮވެންބަރު 17 އިން ސެޕްޓެމްބަރު 15 ގެ ނިޔަލަށް 289 ތަނެއް ބަލާ ފާސްކޮށް 4,026 ބިދޭސީއަކު ފުރުވާލާފައިވެ އެވެ.

  1. ޢަހްމަދު

    5% ގެ މަސައްކަތްވެސް އަދި ނުކުރެވޭ