ޚަބަރު

ވަކި ގައުމެއް ތަފާތެއް ނުކުރަން، ބިދޭސީންނަށް ވިޔަފާރި އެއް ނުކުރެވޭނެ:ޝަމްއާން

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން
ދެން ގެ ހަވާސާއިން ބޭރުން ޕްރޮގްރާމްގައި ޝައްމާން ވާހަކަ ދައްކަވަނީ/ ފޮޓޯ: ދެން

ރާއްޖޭގެ ގާނޫނުގައި ބިދޭސީންނަށް އަމިއްލަ ވިޔަފާރި ކުރުމުގެ ފުރުސަތު ނޯންނަ ކަމާއި، އެއީ ވަކި ގައުމަކަށް ވީމަ ހިނގާނެ ގާނޫނެއް ނޫން ކަމަށް އިމިގްރޭޝަންގެ ކޮންޓްރޯލާ މުހައްމަދު ޝަމްއާން ވަހީދު ވިދާޅުވެއްޖެ އެވެ.

Ads by MWSC

ޝަމްއާން މިހެން ވިދާޅުވީ "ދެން" އިން ގެނެސްދޭ ހަވާސާއިން ބޭރުން ޕްރޮގްރާމުގައި ބިދޭސީންނަށް ދުނިޔޭގައި ތަރައްގީވެފައިވާ ބޮޑެތި ގައުމުތަކުގައި އަމިއްލަ ވިޔަފާރިތައް ހިންގަން ފުރުސަތު ދޭއިރު، އެ މީހުންނަށް އެއް ފުރުސަތު ނޫނީ ދެ ފުރުސަތު ދީގެން ނަމަވެސް ގަވައިދުގެ ތެރެއަށް ވައްދާ އެފަދަ ވިޔަފާރިތައް ކުރިއަށް ގެންދިއުމަށް ދޭ ފުރުސަތާ މެދުގައި ދެކޭގޮތަކީ ކޮބައިތޯ ކުރި ސުވާލަށް ޖަވާބުދެއްވަމުންނެވެ.

ޝަމްއާން ވިދާޅުވީ ރާއްޖޭގައި މިހާރު އޮތް ގާނޫނާއި ގަވައިދުގައި ބިދޭސީންނަށް ދިވެއްސެއްގެ ބެލުމުގެ ދަށުގައި ނޫންގޮތަކަށް ބޭނުން ތަނެއް ނަގައިގެން އަމިއްލަ ވިޔަފާރި ކުރުމުގެ ފުރުސަތު ނޯންނަ ކަމަށެވެ.

"ދިވެހިން އާންމުކޮށް ކުރަމުންދާ ވިޔަފާރިތައް، ސެލޫން ވިޔަފާރި ވިޔަސް ޓޭކް އަވޭ ވިޔަފާރި ވިޔަސް، އެހެނިހެން މެދު އަދި ކުދި ފަންތީގެ ވިޔަފާރިތައް ހާއްސަކޮށް. މިއީ އެއްވެސް ގޮތަކަށް އަޅުގަނޑުމެންގެ ގާނޫނު ހުއްދަދޭ ކަމެއް ނޫން."

އެހެންނަމަވެސް ޝަމްއާން ވިދާޅުވީ ގާނޫނާއި ގަވާއިދުގެ ދަށުން ފޮރިން އިންވެސްޓްމެންޓްގެ ތެރެއިން ރާއްޖެއަށް ވިޔަފާރިތައް ގެނެސްގެން ވިޔަފާރި ކުރެވޭނެ ކަމަށެވެ.

ޝަމްއާން ވިދާޅުވީ ސެލޫން ހިންގުމުގެ މައްސަލާގައި ޑީޕޯޓް ކުރި ދެ ބިދޭސީ މީހުންނަކީ ދިވެއްސެއްގެ ވަޒީފާގައި ރާއްޖެ އައިސް ދިވެއްސެއްގެ ބެލުމުގެ ދަށުގައި ނޫން ގޮތައް އަމިއްލަ ވިޔަފާރި ކުރަމުން ދިޔަ ދެމީހުން ކަމަށެވެ.

"އަޅުގަނޑުމެންގެ ތަހުގީގަށް މި ފަރާތުން ހާޒިރް ކުރިން. ހާޒިރުކޮށްފައި ސްޓޭޓްމެންޓާ ހުރިހާ އެއްޗެއް ނެގިން. އޭގައިވެސް އެ ފަރާތުން އެއްބަސްވެފައި ހުރީ ތިމަންނަ މެންގެ ވިޔަފާރި އޭ މިއީ. ތިމަންނަމެންނަށް ވިޔަފާރިން ލިބޭ އާމްދަނީ ކޮންކޮން ތަންތަނަކަށް ފޮނުވަނީ އާ ކޮންކޮން އެކައުންޓަކަށްކަށް ޖަމާކުރަނީ"

ޝަމްއާން ވިދާޅުވީ މި ލެވެލް އަށް މައުލޫމާތާ އެއްޗެހި ލިބިގެން ހާއްސަ އޮޕަރޭޝަންތަކެއް ފުޅާ ކުރަމުން ދާކަމަށެވެ. އަދި މިއީ ކުޑަ އޮޕަރޭޝަންއެއް ކަމާއި މިކަހަލަ އެހެން އޮޕަރޭޝަންތައް ހިންގާނެ ކަމަށްވެސް ޝަމްއާން ވިދާޅުވި އެވެ.

ގަވައިދާ ހިލާފަށް ވިޔަފާރި ކުރުމުގެ ފުރުސަތެއް އިމިގްރޭޝަން ނުދޭނެ ކަމަށްވެސް ޝަމްއާން ތަކުރާރުކޮށް ވިދާޅުވި އެވެ. ސަބަބަކީ މިއީ ދިވެހިންގެ ހައްގެއް ކަމަށް ޝަމްއާން ވިދާޅުވި އެވެ. ބޭރު މީހުންނަށް ވިޔަފާރި ކުރަން ފުރުސަތު ދިނުން އެއީ ދިވެހި އެތަކެއް ވިޔަފާރި ކުރަން ބޭނުންވެފައި ތިބި އެތައް ބައެއް ވިޔަފާރިތަކުގެ ދޮރު ބަންދުވުން ކަމަށްވެސް ޝަމްއާން ވިދާޅުވި އެވެ.

މިކަހަލަ މައްސަލާގައި އިމިގްރޭޝަންގެ ގާނޫނުން އެޅެން ހުރި ފިޔަވަޅުތަކެއް އަޅާނެކަމުގެ ޔަގީން ކަންވެސް ޝަމްއާން ދެއްވި އެވެ.

ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އިމިގްރޭޝަނުން ފަށާފައިވާ މަސައްކަތުގައި ނޮވެންބަރު 17 އިން ސެޕްޓެމްބަރު 15 ގެ ނިޔަލަށް 289 ތަނެއް ބަލާ ފާސްކޮށް 4,026 ބިދޭސީއަކު ފުރުވާލާފައިވެ އެވެ.

  1. ރަޝީދު

    ޝަމްއާން ދައްކާ ވާހަކަ ގަބޫލެއް ނުކުރަން