ބުރިޖުމަތީގައި އެއްޗެތި އުފުލައިގެން އަނެއްކާވެސް ޖޫރިމަނާ، މި ފަހަރު ސާފުބޯޑެއް

ބުރިޖުމަތީގައި އެއްޗެތި އުފުލައިގެން އަނެއްކާވެސް މީހަކު ޖޫރިމަނާކޮށްފި އެވެ.
ސިނަމާލެ ބުރިޖާއި ހައިވޭ ހުރަސްކޮށް ސައިކަލުގައި މާގަސްތަކެއް އުފުލި މީހަކަށް މި މަހުގެ އަށްވަނަ ދުވަހު ވެސް ފުލުހުން ފިޔަވަޅު އެޅި އެވެ.
އޭގެ ފަހުން މިއަދު ފުލުހުން ބުނީ ހަމަ އެފަދަ ހާދިސާއެއްގައި ސައިކަލުގައި ސަރފްބޯޑެއް އުފުލި މީހަކާމެދު، ގަވާއިދާ ހިލާފަށް މުދާ އުފުލައިގެން ފިޔަވަޅު އަޅާފައިވާ ކަމަށެވެ.
އެގޮތުން އެ މައްސަލައިގައި އޭނާ ޖޫރިމަނާ ކުރިކަމަށް ފުލުހުން ބުނެއެވެ
ފުލުހުން ބުނީ ބުރިޖުގައި ސައިކަލު އުފުލުން ފަދަ އަމަލުތަކަކީ އަނެކުންގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވެދާނެ ކަންކަން ކަމުގައިވާތީ ކަމަށާއި އެފަދަ އަމަލުތަކުން އެންމެހައި ފަރާތްތަކަށް ދުރުހެލިވުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.