މާލޭ ގެއެއްގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ

މާލޭ، މާފަންނު ގެއެއްގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ އެވެ.
މީޑިއާތަކަށް މިރޭ ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، މަރުވެފައި އޮއްވާ ފެނުނީ 57 އަހަރުގެ ފިރިހެނެއް ކަމަށެވެ.
ސީދާ ކޮން ގެއެއް ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
އެހެން ނަމަވެސް ސޯޝަލް މީޑިއާގައި ދަނީ ހަޒްމަތު ސޫޓްލައިގެން ފަރީދީމަގުގައި ހުންނަ އީވް ކްލިނިކު ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ފޮޓޯތަކެއް ދައުރުވަމުންނެވެ.
އެ މަރާއި ގުޅިގެން އިތުރު ތަފްސީލު ލިބޭގޮތް އަދި މިހާތަނަށް ވަނީ ނުވެފަ އެވެ.