ޚަބަރު

ޒަކިއްޔާގެ އޮޓޮޕްސީ ނުހެދީ ސްޕެޝަލިސްޓުންގެ ރައުޔު ހޯދުމަށް ފަހު، ސަބަބެއް ނެތުމުން: ފުލުހުން

ޢާއިޝަތު ނުހާ ، ދެން އޮންލައިން

މިދިޔަ ހަފްތާގެ އަންގާރަ ދުވަހު ނ. ހޮޅުދޫގައި މަރުވެފައި އޮއްވާ ފެނުނު އެ ރަށު މާރަނގަ, ޒަކިއްޔާ މޫސާ (50އ) މަރުވި ގޮތް ބަލަން އޭނާގެ އޮޓޮޕްސީ ނުހެދީ ސްޕެޝަލިސްޓުންގެ ރައުޔު ހޯދުމަށްފަހު ހަދަން ޖެހޭ ސަބަބެއް ނެތުމުން ކަމަށް ފުލުހުން ބުނެފި އެވެ.

Ads by STELCO

ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި, ހެޑް އޮފް މޭޖާ ކްރައިމް އިންވެސްޓިގޭޝަންސް، ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ އެ މައްސަލާގެ ތަހުގީގަށް ފުލުހުންގެ ޓީމެއް  ހޮޅުދޫގައި މިހާރުވެސް ހަރާކާތްތެރިވަމުން އަންނަ ކަމަށެވެ. އަދި އެކަމާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރިއަށްދާ ކަމަށް ޝިފާއު ވިދާޅުވި އެވެ.

އޮޓޮޕްސީ ނުހަދާ ޒަކިއްޔާ ވަޅުލުމުން ގިނަ ބަޔަކު އެކަމާ ސުވާލު އުފެދިފައި ވަނިކޮށް ޝިފާއު ވިދާޅުވީ ފުލުހުންގެ ތަހުގީގަށް ހަށިގަނޑުން ނަގަން ޖެހޭ ސާމްޕަލްތައް ނަގާ ތަހުލީލުތަކޮށް އަދި އެ ތަހުލީލުތަކުންނާއި ސްޕެޝަލިސްޓް ޑޮކްޓަރުންގެ ފަރާތުން ހޯދަން ބޭނުންވި ރައުޔުތައް ހޯދާފައިވާ ކަމަށެވެ.

 "އިތުރަށް އޮޓޮޕްސީއެއް ހަދަން ޖެހޭ ސަބަބެއް އޮތް ކަމަށް ތަހުގީގަށް ނުފެންނާތީ މި ވަގުތަށް."

ޝިފާއު ވިދާޅުވީ އެ މަރާއި ގުޅިގެން އިތުރަން ބަލަންޖެހޭ ކަންކަން ބަލައި ނިމުމުން އެކާމާ ގުޅޭ ގޮތުން ތަފްސީލު ހިއްސާކުރާނެ ކަމަށެވެ.

ފުލުހުންގެ ތަހުގީގަށް ބޭނުންވާ ޓެސްޓްތައް ހެދުމަށް ޒަކިއްޔާގެ ހަށިގަނޑު އަނބުރާ ރަށަށް ގެންގޮސްފައިވަނީ ބުރާސްފަތި ދުވަހެވެ. އަދި އެ ދުވަހު މެންދުރު ނަމާދަށް ފަހު އޭނާގެ ހަށިގަނޑު ވަނީ ވަޅުލާފަ އެވެ.

ޒަކިއްޔާ ދިރިއުޅެމުން އަންނަ އެ ރަށު ނިއުލައިފް ގޭގެ ގުދަނުގެ ތެރޭގައި ޒަހަމްތަކަކާއެކު އޭނާ ވެއްޓިފައި އޮއްވާ ފެނުނީ ކުނި ނަގަން ދިޔަ ބަޔަކަށެވެ. އޭނާގެ ކައިރީގައި ވަޅިއެއް އޮތްއިރު ގިނަ އަދަދަކަށް ލޭވެސް ހުރި ކަމަށް އެ ރަށުން ވާހަކަ ދެއްކި މީހަކު މައުލޫމާތު ދީފައިވެ އެވެ.

ޒަކިއްޔާގެ ބޮލުގައި ޒަހަމްތަކެއް ލިބިފައިވާއިރު ވަޅިން ކަރަށް ދީފައިވާ ހަމަލާއިން ނޭވާ ހޮޅިވެސް ބުރިވެފައިވާކަން ނަން ނުޖެހުމަށް ޝަރުތުކޮށް "ދެން އޮންލައިން" އާ ވާހަކަ ދެއްކި މީހަކު މައުލޫމާތު ދީފައިވެ އެވެ.

Ads by Allied Insurance