ސަރުކާރު ކުންފުނިތަކުން މުވައްޒަފުން ވަކިކުރާކަމަށް ބުނެ އިދިކޮޅު އެމްޑީޕީގެ ބަޔާނެއް

ސަރުކާރު ކުންފުނިތަކުގެ ހާލަތު ދަށްވެގެން ފިޔަވަޅުތައް އެޅި ނަމަވެސް އިތުރު ގޮތެއް ހޯދައިނުދީ މުވައްޒަފުން ވަކިނުކުރާނެ ކަމަށް ވައުދުވެފައިވީ ނަމަވެސް އެ ވައުދާ ހިލާފަށް ސަރުކާރު ކުންފުނިތަކުން މުވައްޒަފުން ވަކިކުރާ ކަމަށް ތުހުމަތުކޮށް އިދިކޮޅު އެމްޑީޕީން ބަޔާނެއް ނެރެފި އެވެ.
އެމްޑީޕީން ނެރުނު ބަޔާނުގައި ތުހުމަތުކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާާބު ނިމުނު ފަަހުން، ކޮންމެ ދުވަހަކު ގޮތަކަށް ސަރުކާރު ކުންފުނިތަކުން އެތައް ސަތޭކަ މުވައްޒަފުން ވަކިކުރަމުންދާ ކަމަށެވެ.
އެ ގޮތަށް މި ހިނގަނީ ސަރުކާރަށް ތާއީދު ނުކުރާ މުވައްޒަފުން ވަކިކުރަން ފަށާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އިންޒާރު ދީފައިވާ ކަމަށް ވެސް އެމްޑީޕީގެ ބަޔާނުގައި ތުހުމަތުކޮށްފައިވެ އެވެ.
ކޮންމެ ސަރުކާރެއްގައި ވެސް، ސަރުކާރު ކުންފުނިތަކުން "ސިޔާސީ ބޭނުމަށް" ވަޒީފާ ދެމުންދާ ކަމުގެ ޝަކުވާ އާންމުންގެ ތެރޭގައި ވަރަށް ބޮޑެވެ.