ޚަބަރު

ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު ނިމުމަކާ ގާތަށް

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން

ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ގާތްގަނޑަކަށް 70 ޕަސެންޓް ނިމިފައިވާ ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ބުނެފި އެވެ.

Ads by Hajj Corporation

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީގެ މަޝްރޫއުގެ ކަންކަމާ ގުޅޭ ގޮތުން މިއަދު ހާއްސަ ބައްދަލުވުމެއް ބޭއްވި އެވެ.

އެ ބައްދަލުވުމުގައި އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި، މިނިސްޓްރީގެ އިސްވެރިންނާއި ޓެކްނިކަލް ޓީމު ބައިވެރިވި އެވެ. ދެން މަޝްރޫއުގެ ކޮންޓްރެކްޓަރާއި ކޮންސަލްޓެންޓުގެ އިތުރުން ހަނިމާދޫ އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރުއޭސީއެލް) ގެ ސީނިއާ މެނޭޖުމަންޓް ވެސް ބައިވެރިވި އެވެ.

ކޮންސްޓްރަކްޝަން މިިނިސްޓްރީން ބުނީ، މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައި ވަނީ މަސައްކަތްތައް ކުރިއަށްދާ ގޮތް މިިނިސްޓަރު ބައްލަވާލެއްވުމާއި، ކަނޑައެޅިފައިވާ ތާވަލާ އެއް ގޮތްވާ ގޮތުގެ މަތިން ވަގުތުން މަސައްކަތް ނިންމުމަށް ޓަކައި ސްޓްރެޓެޖީތައް ދެނެގަތުމާ ބެހޭ ގޮތުން ކަމަށެވެ.

"މި މަޝްރޫއުގެ ޖުމްލަ މަސައްކަތުގެ ޕްރޮގްރެސް ހުރީ 69.2 އިންސައްތައިގައި،" ކޮންސްޓްރަކްޝަން މިިނިސްޓްރީން 'އެކްސް'ގައި ލިޔެފައިވެ އެވެ.

މި އަހަރު ސަރުކާރުން ބުނެފައިވާ ގޮތުގައި އެ މަޝްރޫއު އަންނަ އަހަރުގެ މާޗު މަހަށް ނިންމުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރަން ހަވާލުކޮށްފައިވަނީ އިންޑިއާގެ ކަލްޕަތަރު ޕްރޮޖެކްޓްސް އިންޓަނޭޝަނަލް ލިމިޓެޑްއާ އެވެ. އެ މަޝްރޫއުއަކީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނު ފައިސާ އިން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މަޝްރޫއުއެކެވެ.

މި މަޝްރޫއުގެ ދަށުން ހަނިމާދޫގައި 2460 މީޓަރުގެ އާ ރަންވޭއަކާއި، 111،000 އަކަފޫޓުގެ ޒަމާނީ ޓާމިނަލެއް ގާއިމުކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި 624،000 އަކަފޫޓުގެ އޭޕްރަން އަކާއި ބައިނަލްއަގުވާމީ ދަތުރުތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ވެސް ގާއިމުކުރުމަށް ވަނީ ނިންމާފަ އެވެ.

މި އެއާޕޯޓުގެ ޓާމިނަލް ފަރުމާ ކުރެވިފައިވަނީ ދިވެހި ކަނޑުތަކުގައި ދިރިއުޅޭ މަޑި ސިފަވާނެ ފަދަ ދިވެހިވަންތަ ފަރުމާ އަކަށް ކަމަށްވާއިރު އެއާޕޯޓު ތަރައްގީ ކުރަނީ އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތްދެވޭނެ ވަސީލަތްތަކާއެކުގަ އެވެ.

Ads by Ooredoo
  1. ކޮޔާ

    ކީއްވެބާ! މި ބައްދަލުވުމުގަ އިނޤޑިއާގެ ސިކުންގެ މީހަކު އިނީ