ބަންކަރިންގެ ހިދުމަތް ފެށުނު ނުދޭން ދައުލަތުގެ އިސް ބައެއް ބޭފުޅުން މަސައްކަތް ކުރެއްވި: މިނިސްޓަރު
ބަންކަރިންގެ ހިދުމަތް ފެށުނު ނުދޭން ދައުލަތުން ލައްކައިން މުސާރަ ނަގާ ބައެއް ބޭފުޅުން ރެޔާ ދުވާލު މަސައްކަތްކުރި ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
އިހަވަންދިއްޕޮޅު ނުވަތަ މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގައި އިންޓަނޭޝަނަލް ބަންކަރިން ހިދުމަތް ރަސްމީކޮށް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ މި ސަރުކާރުން ވެރިކަމަށް އައިސް އެންމެ ހަ މަސް ދުވަހުގެ ތެރޭގައި ބަންކަރިންގެ ހިދުމަތް އެސްޓީއޯއިން ފެށީ ދުނިޔޭގައި ބަންކަރިންގެ ހިދުމަތުގައި އެންމެ މަޝްހޫރު އެއް ކުންފުނި ވިޓޯލްއާއެކު ކަމަށެވެ.
އަދި އެ ކުންފުންޏަކީ 55 އަހަރުގެ ތަޖުރިބާ ހުރި ކުންފުންޏެއް ކަންވެސް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.އެހެން ނަމަވެސް، މިނިސްޓަރު ވިދާޅުވީ އެ މަސައްކަތް ފަށަން ރައީސްގެ އިރުޝާދާއެކު ތެދުވިއިރު ވަރަށް ގިނަ ޝައްކުކުރާ ފަރާތްތައް ތިބި ކަމަށެވެ.
"އޭގެ ތެރޭގައި ދައުލަތުން ލައްކައިން މުސާރަ ނަގާ ބޭފުޅުން ވެސް. ވަހުމް އުފައްދާ ޝައްކުކުރުވާ ހަމަ މިކަން ވިޔަނުދިނުމަށް ޓަކައި ފައިވިއްދާފައި. ވިޔަ ނުދިނުމަށް ޓަކައި ރާއްޖެ ބަނގުރޫޓްކުރުމާއި މިކަން ވެސް ވިތަ ނުދިނުމަށް ޓަަކައި އަޒުމް ކަނޑައަޅައިގެން 200،000 ރުފިޔާގެ މުސާރަ ނަގައިގެން ހަމަ ރެއާދުވާލު ބޮޑެތި ވާހަކަތައް ދައްކަމުން ދިޔައީ" މިނިސްޓަރު ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ ރާއްޖޭގެ މަސް ދޯންޏެއްގައި އިންޖީނު އެޅިތާ ވެސް އަދި މިވީ 50 އަހަރު ދުވަސް ކަމަށާއި އަދި އޭރު ރަޢީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި އެކަން ކުރަން އުޅުމުން މަސް އައިންތައް ފިލާނެކަމަށާއި އެއީ ކުރަން ހެޔޮ ވާވަރުގެ ކަމެއް ނޫން ކަމަށް އޭރު ބައެއް މަސްއޮޑިވެރިން ބުނެ އުޅުނު ކަމަށެވެ.
އެހެން ނަމަވެސް މިހާރު ކޮންމެ މަސް އޮޑިއެއްގައި ވެސް ހުރީ އިންޖީނު އަޅާފައި ކަމަށާއި އަދި މަސްތައް ނުފިލާއިރު ބާނަން ހުރި މަސްތައް ވެސް ގިނަ ކަމަށެވެ.
ހަމަ އެހެންމެ ފަތުރުވެރިކަން ރާއްޖޭގައި ތައާރަފްކުރަން އުޅުނު އިރު ވެސް މިއީ ރާއްޖެއަށް ގެނެވިދާނެ އިންޑަސްޓްރީއެއް ނޫން ކަމަށް ވާހަތައް ދެއްކިކަން ސައީދު ފާހަގަ ކުރެއްވ އެވެ. އެހެން ނަމަވެސް މިއަދު ރާއްޖެއަކީ އެންމެ ޕްރިމިއަމް ޑެސްޓިނޭޝަން ކަމަށެވެ.
"،މިއަދު ރައީސް މުއިއްޒު އެ ފައްޓަވަނީ އެކަހަލަ މަސައްކަތްޕުޅެއް. ޝައްކުކުރަންވީ. އަޅުގަނޑު ނެތިން 100 މިލިއަން ޑޮލަރު 200 މިލިއަން ޑޮލަރު ކިޔާކަށް. އަޅުގަނޑުމެންނަށް އެންމެ ރަނގަޅެއް ނޫންތޯ އެންމެ 1000 ޑޮލަރު ވެސް ހަރަދު ކަނޑާފަ ލިބުނަސް" ސައީދު ވިދާޅުވިއެވެ.
1000 ޑޮ
ލަރުކަމަކުނުދޭ
ވަރަށް ބޮޑު ތެދުފުޅެއް.