ޚަބަރު

ބޭނުންވަނީ ކޮންމެ ބޯޓަކަށް ހިދުމަތް ދޭކަށް ނޫން، ލަގްޒަރީ ބޯޓުތަކަށް ރަނގަޅު ޚިދުމަތެއް ދޭން: އެސްޓީއޯ އެމްޑީ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ބަންކަރިން ފެށުމުގެ ރަސްމިއްޔާތުގައި އެސްޓީއޯގެ އެމްޑީ ޝިމާދު--

ބަންކަރިންގެ ހިދުމަތް ކޮންމެ ބޯޓަކަށް ދޭން ނުވާ ކަމަށާއި ބޭނުންވަނީ އެ ހިދުމަތް ލަގްޒަރީ ބޯޓުތަކަށް ދިނުމަށް ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

Ads by STELCO

އިހަވަންދިއްޕޮޅު ނުވަތަ މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގައި އިންޓަނޭޝަނަލް ބަންކަރިން ހިދުމަތް ރަސްމީކޮށް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެސްޓީއޯގެ އެމްޑީ ވިދޅުވީ އެސްޓީއޯއިން ވިޓޯލްއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ބަންކަރިންގެ ހިދުމަތް ފަށަނީ ޒީރޯ ވޯކިން ކެޕިޓަލްގައި ކަމަށެވެ. އެގޮތުން ކާގޯ ފޯރުކޮށްދޭނީ ވިޓޯލްއިން ކަމަށާއި އަދި ކާގޯ ވިއްކުމަށްޓަކައި ވެސް އެހީތެރިކަން ފޯރުކޮށްދޭނީ ވިޓޯލްއިން ކަމަށެވެ.

ވިޓޯލްއާއެކު އެސްޓީއޯއިން ބަންކަރިންގެ ހިދުމަތް ފެށުމަށް އެސްްޓީއޯއާއެކު އެއްބަސްުވުމުގައި ސޮއި ކޮށް މާކެޓް ކުރަން ފެށި ހިސާބުން އަށް ދުނިޔޭގެ އެކި ހިސާބުތަކުން އިންކުއަރީސްތައް އަންނަން ފެށި ކަމަށް ވެސް ޝިމާދު ވިދާޅުވި އެވެ.

"ވިޓޯލްއާއި އެސްޓީއޯއާ ގުޅިގެން ބޭނުންވަނީ ރާއްޖެ ކައިރިން މިދާ ލަގްޒަރީ ވެސަލްތަކަށާއި ނީޝް މާކެޓް. މާނައަކީ ބޮޑެތި ފައިދާ ލިބޭނެ ވެސެލްތަކަށް ޓާގެޓްކޮށް އެ ވެސެލްތަކަށް ސާވިސް ދިނުން. ހަމަ މިހެންދާ ކޮންމެ ބޯޓަކަށް ސާވިސް ދިނުމެއް ނޫން" ޝިމާދު ވިދާޅުވި އެވެ.

ޝިމާދު އިތުރަށް ވިދާޅުވީ އޮފްޝޯކޮށް ބަންކަރިންގެ ހިދުމަތް ދިނުމަކީ ދާއިމީ ހައްލެއް ނޫން ކަމަށެވެ.

އަދި ދާއިމީ ހައްލަކީ އެ ސަރަހައްދުގެ ސްޓެރެޓެޖިކް ލޮކޭޝަންގައި ބިން ހިއްކައިގެން ރަނގަޅު ފިއުލް ފާމްތަކަކާއި ޕޯޓެއް ގާއިމުކޮށްގެން މުސްތަގުބަލުގައި ޒަމާނީ ހިދުމަތްތަކެއް އެތަނުން ފޯރުކޮށްދިނުން ކަމަށެވެ.

Ads by HDC