20th September 2024, Friday

ޚަބަރު

އދ. ގައި ތަގުރީރުކުރެއްވުމަށް ރައީސް އެމެރިކާއަށް ފުރާވަޑައިގެންފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ރައީސް މުއިއްޒު ފުރާވަޑައިގެްންނެވުމުގެ ކުރިން ނާއިބު ރައީސްއާއެކު--

އދ، ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެމެރިކާއަށް މިރޭ ފުރާވަޑައިގެންފި އެވެ.

Ads by MWSC

އެމެރިކާގެ ނިއުޔޯކަށް ރައީސް މުއިއްޒު ކުރައްވާ އެ ދަތުރުފުޅުގައި ރާއްޖޭގެ މަތީ ފަންތީގެ ވަފުދެއް  ބައިވެރިވެވަޑައިގަންނަވާ އިރު އެމަނިކުފާނު ތަގުރީރު ކުރައްވާނީ އަންނަ އަންގާރަ ދުވަހު އެވެ.

އެމަނިކުފާނުގެ އެ ދަތުރުފުޅުގައި ސަމިޓް އޮފް ދަ ފިއުޗަރގައި ބައިވެރިވެވަޑައިގަންނަވައި، މުހިއްމު މަޝްވަރާތަކުގެ ރިޔާސަތު ބެލެހެއްޓެވުމުގެ އިތުރުން ހަވާސާގައި ކުރިއަށްދާ ހަރަކާތްތަކުގައިވެސް އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

އޭގެ އިތުރުން އެކި ދައުލަތްތަކާއި ގައުމުތަކުގެ އިސް ވެރިންނާ ބައްދަލުކުރައްވައި ބައިލެޓަރަލް އަދި މަލްޓިލެޓަރަލް މަޝްވަރާތައް ކުރިއަށްގެންދަވާނެ ކަަަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

މިއީ ރައީސް މުއިއްޒު އދގެ އާންމު މަޖިލީހުގައި ބައިވެރިވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. އަދި އެމަނިކުފާނުގެ މި ދަތުރުފުޅު ދިމާވަނީ ދިވެހިރާއްޖެ އދގެ މެންބަރު ޤައުމަކަށް ވީތާ 59 އަހަރު ފުރޭ މުނާސަބަތާވެސްމެ އެވެ.

ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސް އެނބުރިވަޑައިގަތުމަށް ހަމަޖެހިފައިވަނީ މި މަހުގެ 29 ވަނަ ދުވަހު އެވެ.