ހުއްދަ ނުހޯދާ ހިދުމަތްދޭ ފަޒީސް ހިޖާމާގެ މައްސަލަ ބަލަން ފުލުހަށް ހުށަހަޅައިފި
ހުއްދަ ނުހޯދާ ހުޅުމާލޭގައި ހިޖާމާގެ ހިދުމަތްދެމުންދާ, ފަޒީސް އުސްމާންގެ ހިޖާމާ ކްލިނިކްގެ މައްސަލަ ފުލުހުން ބަލަން ހުށަހަޅައިފި އެވެ.
މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ފުލުހުން ބުނި އެ މައްސަލަ ހުށަހަޅާފައިވަނީ ހެލްތް މިނިސްޓްރީން ކަމަށެވެ. ފުލުހުން ބުނީ އެ މައްސަލަ ފުލުހުން ތަހުގީގުކުރަމުން ގެންދާ ކަމަށެވެ.
ލައިސަންސް ނެތި ހިޖާމާއާއި ދިވެހި ބޭހުގެ ހިދުމަތް ދޭނަމަ ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ހެލްތުން ވަނީ ދީފަ އެވެ.
މިނިސްޓްރީން ބުނީ ރާއްޖޭގައި އެއްވެސް ބާވަތެއްގެ ސިއްހީ ހިދުމަތެއް ދޭން ވާނީ ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ސިއްހީ ހިދުމަތްދޭ ތަންތަން ރަޖިސްޓަރީކޮށް, އޮޕަރޭޓިން ލައިސަންސް ހޯދުމަށްފަހު ކަމަށެވެ.
މީގެ ކުރިންވެސް ފަަޒީގެ ކްލިނިކް ހުއްޓުވާފައިވާއިރު, ހިޖާމާގެ މައްސަލަ ބޮޑުވީ ޑޮކްޓަރީ ބޭހުގެ ބަދަލުގައި ހިޖާމާ ޖަހައިގެން އެކި ކަހަލަ ބަލިތަކަށް ފަރުވާ ހޯދޭނެކަމަށް ބުނެ ފޭސްބުކް ޕޭޖުން ކުރަމުންދާ ޕޯސްޓުތަކަށް ގުޅިގެންނެވެ.
ފަޒީ މިހާރު ހިޖާމާ ޖަހަމުން އަންނަތާ 8 ވަރަކަށް އަހަރުވެއްޖެ އެވެ.
ޙައްލަކީ ޢުމަރު……ޢާއްމުންނާ ގުޅޭ ކަންކަމުގައި ޢުމަރު ރައީސް އޮފީހުގެ ގޮނޑި ހޫނު ކުރަން ނުއިންނާނަމޭ ބުނި…އެ އޮފީހަކަށްގޮސް އެކަން ހަމަޖައްސާނަމޭ ބުނި.