ޚަބަރު އިޖުތިމާޢީ

106 ފުޅި ބަނގުރަލާ އެކު ހައްޔަރުކުރި ބިދޭސީ މީހާ 15 ދުވަހަށް ބަންދުކޮށްފި

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން

މި މަހުގެ 16 ވަނަ ދުވަހު ޓެކްސީ އަކުން 106 ފުޅި ބަނގުރަލާ އެކު ހައްޔަރުކުރި ބިދޭސީ މީހާ 15 ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން އިއްޔެ އަމުރުކޮށްފި އެވެ.

Ads by Sosun Fihaara

އެ މައްސަލާގައި ފުލުހުން ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝް، ރަސުލް އުފާ ރިދޯއި، (30އ) އެވެ.

ކްރިމިނަލް ކޯޓުން އާންމުކޮށްފައިވާ ކޯޓު އަމުރުގައިވާ ގޮތުން ރަސުލް އަށް ތުހުމަތު ކުރެވެނީ ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅެ، އޭގެ ވިޔަފާރި ކުރިކަމުގެ ކުށުގެ ތުހުމަތު ކަމަށެވެ.

ނަމަވެސް ރަސުލް ވަނީ ބަންދުގެ މުއްދަތު ޖަހަން ކޯޓަށް ހާޒިރުކުރުމުން އެކަމަށް އޭނާ އިންކާރު ކޮށްފައިވެ އެވެ. އަދި ބަނގުރާ ފެނުނު ޓެކްސީއަށް އޭނާ އެރީ ދަތުރެއް ކުރުމަށް ކަމަށާއި އެ ކާރަށް އެރިއިރު، އޭގައި ބަނގުރާ ހުރިކަން ނޭނގޭ ކަމަށް ކޯޓުގައި ރަސުލް ބުންޏެވެ.

ރަސުލް ހައްޔަރުކޮށްފައިވަނީ މި މަހުގެ 12 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ބޮޑުފުޅައްގޯޅީގައި އޮތް ކާރެއް ބަލައި ފާސްކުރުމަށްފަހު އެވެ. ފުލުހުން ބުނީ ފުލުހުން ބޮޑުފުޅައް ގޯޅިން ދިޔައިރު ކާރެއް ކައިރީގައި ތިބި ބަޔަކަށް ފުލުހުން ފެނުމުން ކާރު ދޫކޮށްލާފައި ދިޔަ ކަމަށެވެ.

މި މައްސަލައާ ގުޅިގެން އޭނާ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ބަންދުގެ މުއްދަތު ފުރަތަމަ ޖެހީ 10 ދުވަހަށް ކަމަށް ފުލުހުން ބުންޏެވެ. އަދި 10 ދުވަސް އިއްޔެ ވަނީ ހަމަވެފަ އެވެ.

Ads by Ooredoo
  1. އަމާން

    ޤަބޫލު ކުރިޔަސް ނުކުރިޔަސް …..ކޮމެންޓް ޖެއްސަސް ނުޖެއްސަސް……ޙައްލަކީ ޢުމަރު………ޙުކުމް ތަންފީޒު ކުރަން ކެރޭނެ …ކުރާނެ….އެހިތްވަރު ހުންނާނެ….
    * ދައުލަތުން ވައްކަން ކޮށްފި ނަމަ…އަތް ކަނޑާނެ.
    * ޑްރަގު ހުއްޓުވާނެ….އެތެރެ ކުރާ ބޯޓު ފަހަރު މީހުން ދަމައިގެންފަ ފައްތާނެ.
    * މަރުގެ ޙުކުމް ތަންފީޒު ކުރާނެ.
    * ގޭންގް ހުއްޓުވާނެ.
    * މާރާމާރީ ގައި ކަނޑި އާއި ވަޅި ނަގައިފި ނަމަ ފުލުހުން ފިސްތޯލަ ނަގާނެ.
    * ގޭންގް ވުޖޫދުން ފޮހެލާނެ.
    ތައްޤީ ގެންނާނެ.
    * ތަޢުލީމީ ކުދިންނަށް ފުރުޞަތު ލިބޭނެ
    * އިސްލާމް ދީނަށް އިސްކަންދޭނެ.