ޚަބަރު

ރިސޯޓުތަކުން ބޭންކަށް ޑޮލަރު ޖަމާކުރާވަރު ދަނީ ދަށަށް

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން

ރިސޯޓުތަކުން ބޭންކުތަކަށް ޖަމާކުރާ ޑޮލަރުގެ އަދަދު އެއް އަހަރުން އަނެއް އަހަރަށް ދަށަށްދާ ކަމަށް މަރުކަޒީ ބޭންކް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.

Ads by Sosun Fihaara

އެމްއެމްއޭ އިން ހާމަކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ފަތުރުވެރިކަމުން ރިސޯޓުތަކަށް ލިބޭ އާމްދަނީ ދަނީ އިތުރު ވަމުންނެވެ. ނަމަވެސް މިދިޔަ އަހަރު 4.5 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނު އިރު ބޭންކްތަކަށް ޖަމާކޮށްފައިވަނީ 2.3 ބިލިއަން ޑޮލަރު ކަމަށް އެމްއެމްއޭ އިން ބުންޏެވެ.

ބޭންކްތަކަށް ޖަމާކުރި ޑޮލަރުގެ އިތުރުން ބޭންކްތަކަށް ރިސޯޓުތަކުން ވިއްކި އަދަދު ވަނީ މިދިޔަ އަހަރު ދަށަށް ގޮސްފައި ކަމަށް އެމްއެމްއޭއިން ބުންޏެވެ. އެއީ 2.3 ބިލިއަން ޑޮލަރު (2023 ވަނަ އަހަރުގެ ޖުމްލަ ސޭލްސްގެ 52 ޕަސެންޓް) އެވެ.

އެމްއެމްއޭއިން ބުނީ 2019 ވަނަ އަހަރުގައި ރިސޯޓުތަކަށް އާމްދަނީގެ ގޮތުގައި ލިބުނީ 3.4 ބިލިއަން ޑޮލަރު ކަމަށެވެ. އަދި އެ އަހަރު 2.5 ބިލިއަން ޑޮލަރު ބޭންކްތަކަށް ޖަމާކޮށްފައިވާ ކަމަށް އެމްއެމްއޭ އިން ބުނި އެވެ. މިއީ އެ އަހަރު ރިސޯޓުތަކަށް ލިބުނު އާމްދަނީގެ 74 ޕަސެންޓް ކަމަށްވެސް ތަފާސް ހިސާބު ތަކުން ދައްކަ އެވެ.

އެމްއެމްއޭއިން ކޮމާޝަލް ބޭންކުތަކަށް 2019 ވަނަ އަހަރު ޖުމްލަ އެފްއެކްސް ވިއްކާ މިންވަރު 376.6 މިލިއަން ޑޮލަރަށް އަރާފައިވާއިރު، 2023 ވަނަ އަހަރު އެ އަދަދު ވަނީ 480.1 މިލިއަން ޑޮލަރަށް އިތުރުވެފައި ކަމަށް އެމްއެމްއޭއިން ބުންޏެވެ. އެއީ 27 އިންސައްތަ ކުރިއެރުމެއް ކަމަށް އެމްއެމްއޭއިން ބުންޏެވެ.

Ads by Ooredoo
  1. އަމާން

    ޤަބޫލު ކުރިޔަސް ނުކުރިޔަސް …..ކޮމެންޓް ޖެއްސަސް ނުޖެއްސަސް……ޙައްލަކީ ޢުމަރު………ޙުކުމް ތަންފީޒު ކުރަން ކެރޭނެ …ކުރާނެ….އެހިތްވަރު ހުންނާނެ….
    * ދައުލަތުން ވައްކަން ކޮށްފި ނަމަ…އަތް ކަނޑާނެ.
    * ޑްރަގު ހުއްޓުވާނެ….އެތެރެ ކުރާ ބޯޓު ފަހަރު މީހުން ދަމައިގެންފަ ފައްތާނެ.
    * މަރުގެ ޙުކުމް ތަންފީޒު ކުރާނެ.
    * ގޭންގް ހުއްޓުވާނެ.
    * މާރާމާރީ ގައި ކަނޑި އާއި ވަޅި ނަގައިފި ނަމަ ފުލުހުން ފިސްތޯލަ ނަގާނެ.
    * ގޭންގް ވުޖޫދުން ފޮހެލާނެ.
    ތައްޤީ ގެންނާނެ.
    * ތަޢުލީމީ ކުދިންނަށް ފުރުޞަތު ލިބޭނެ
    * އިސްލާމް ދީނަށް އިސްކަންދޭނެ.