ޚަބަރު

އިންޝުއަރެންސް ކަވަރޭޖާ ނުލާ އުޅަނދު ރަޖިސްޓްރީ ނުކުރެވޭގޮތް ހަދަނީ

ޢާއިޝަތު ނުހާ ، ދެން އޮންލައިން
ދެން އިމޭޖްސް

އިންޝުއަރެންސް ކަވަރޭޖާ ނުލާ އުޅަނދު ރަޖިސްޓްރީ ނުކުރެވޭގޮތް ހަދަން ޓްރާންސްޕޯޓް މިނިސްޓްރީން ނިންމައިފި އެވެ.

Ads by Hajj Corporation

މިނިސްޓްރީން އެހެން ބުނީ ސަރުކާރުން ހިންގާ "ސަރުކާރު" ނޫހުގައި ޝާއިއުކުރި ހަބަރެއްގަ އެވެ.

އެގޮތަށް ނިންމާފައިވަނީ ތާޑް ޕާޓީ އިންޝުއަރެންސް ކުރުމާއި އިންޝުއަރެންސުން ބަދަލު ލިބިދޭ އުސޫލުތައް ހަރުދަނާ ކުރުމަށް އެ މިނިސްޓްރީއިން ގެނަން ނިންމި, މުހިންމު ބަދަލުތަކުގަ އެވެ.

އެ ބަދަލުތަކުގެ ތެރޭގައި ދެން ހިމެނެނީ އިންޝުއަރެންސް ނުކުރާ އުޅަނދު ފަހަރަށް މިނިސްޓްރީން އެއްވެސް ހިދުމަތެއް ނުދެވޭނެ ގޮތަށް ގަވާއިދުތައް ބަދަލުކުރުމެވެ.

މިނިސްޓްރީން ބުނީ އެ ބަދަލުތަކާއެކު އިންޝުއަރެންސް ކުންފުނިތަކުގެ އިންޝުއަރެންސް ޕޮލިސީތަކަށްވެސް ބަދަލުތަކެއް ގެނެވޭނެ ކަމަށެވެ.

އަދި އެ ބަދަލުތަކުގެ މަގްސަދަކީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކޮށް އެކްސިޑެންޓްތަކުގައި ގެއްލުންވާ ފަރާތްތަކަށް އެކަށީގެންވާ ބަދަލު ލިބިދިނުން ކަމަށް ވެސް މިނިސްޓްރީން ފާހަގަކުރެ އެވެ.

މިނިސްޓްރީން ބުނީ އާ ބަދަލުތަކާއެކު މިހާރު ރަޖިސްޓްރީކޮށްފައިވާ އުޅަނދުތަކާއި އުޅަނދު ދުއްވާ ފަރާތްތަކަށް ސަލާމަތާއި ރައްކާތެރިކަން އިތުރުވެ އިންޝުއަރެންސް ކަވަރަވަރޭޖުގެ މިންވަރު އިތުރުވެގެންދާނެ ކަމަށެވެ.

އެ ބަދަލުތަކުން އެކްސިޑެންޓްތަކުގައި ލިބޭ ގެއްލުންތަކަށް ފުރިހަމަ ބަދަލު ލިބުމަށް މަގުފަހިވެގެންދާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!