ޚަބަރު

ލާމު މެރަތަންއިން ގުޅުން ބަދަހިވެއްޖެ, ޗައިނާގެ މެރަތަންގައި ބައިވެރިވުމުގެ ދައުވަތު ލިބިއްޖެ: މިނިސްޓަރު

ޢާއިޝަތު ނުހާ ، ދެން އޮންލައިން
މެރަތަންގައި ސަފީރު ބައިވެރިވެ ވަޑައިގަންނަވަނީ.. ސަފީރުވަނީ ފަސް ކިލޯމީޓަރު ރަންގައި ދުވެފައި...ދެން އިމޭޖްސް

ލާމު އަތޮޅުގައި މިއަދު ކުރިއަށް ދިޔަ މެރަތަންއިން ގުޅުން ބަދަހިވެ, ޗައިނާގައި އޮންނަ މެރަތަންގައި ބައިވެރިވުމުގެ ދައުވަތު ލިބިފައިވާ ކަމަށް ސްޕޯސްޓްސް މިނިސްޓަރު އަބްދުالله ރާފިއު ވިދާޅުވެއްޖެ އެވެ.

Ads by MWSC

މިނިސްޓަރު މިފަދައިން ވިދާޅުވީ މިއަދު ކުރިއަށްދިޔަ "ލާމު މެރަތަން 2024" ޝަރަފުވެރިކޮށްދެއްވަން ލ އަތޮޅަށް ވަޑައިގެން ހުންނަވާ "ދެން" އަށް ދެއްވި އިންޓަވިއުއެއްގަ އެވެ.

މިނިސްޓަރު ވިދާޅުވީ އެ ފަދަ މެރަތަންއެއްގެ ސަބަބުން އެކަކު އަނެކަކަށް ފެނި ދެނިވެ, ރާއްޖޭގެ މީހުންނާއި ޗައިނާގެ ރައްޔިތުންނާ އޮންނަ ގުޅުން ބަދަހިވެގެންދާނެ ކަމަށެވެ. އަދި އޭގެ އިތުރުން ރާއްޖޭގެ ޓޫރިޒަމްއަށްވެސް މީގެ ސަބަބުން ވަރަށް ބޮޑަށް އަސަރުކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ޖެނުއަރީގައި ޒިއާމަންއަށް އޮންނަ މެރަތަންއަށް ދައުވަތު އަރުވާފައިވާ ކަމަށާއި އެތަނުގައި ދިވެހިރާއްޖޭގެ ޓުއަރިޒަމް ޕްރޮމޯޓް ކުރަން ބޫތެއް ބަހައްޓައިގެން އެކަން ވެސް ކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އެ ކަހަލަ ހަރަކާތްތައް ބޭއްވޭ ކަމަށްވެއްޖެނަމަ ވަރަށް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށެވެ.

އޭގެ އިތުރުން އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ދުޅަހެޔޮ ކަންމަތީގައި ރައްޔިތުން ތަކެއް ބޭތިއްބުމަށްޓަކައި މިކަހަލަ އިވެންޓްތައް އިންތިޒާމު ކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިއަދުގެ މެރަތަންއަކީ ހުރިހާ އުމުރުފުރާއަށްވެސް ބައިވެރިވެވޭ ގޮތަށް އިންތިޒާމުކުރި މެރަތަންއަކަށްވާއިރު މިނިސްޓަރު ވިދާޅުވީ އެކަމުގެ ސަބަބުން އެންމެންނަށް ވެސް ފައިދާއާއި މަންފާ ލިބޭނެ ކަމަށެވެ.

Ads by HDC