ޚަބަރު

ތޫނު އެއްޗެއް ބޭނުންކޮށް މި ފަހަރު ފޭރުނީ 41 އަހަރުގެ އަންހެނެއް

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ފުލުހުންގެ މައި އިދާރާ ޝަހީދު އާދަމް ބިލްޑިން/ ފޮޓޯ: ދެން

ތޫނު އެއްޗެއް ބޭނުންކޮށްގެން އަނެއްކާވެސް އަންހެނަކު ފޭރުމުގެ އަމަލެއް ހިންގައިފި އެވެ.

Ads by Sosun Fihaara

އެ މައްސަލައިގައި ހައްޔަރުކުރީ ހ. ޗިކްކާކޭލް/ ފާތުމަތު އިޝާމާ (41 އ.) އެވެ

ކްރިމިނަލް ކޯޓުގެ ބަންދު އަމުރުގައި ފާހަގަކޮށްފައިވާ ގޮތުގައި އެ އަންހެން މީހާއަކީ ބަންދު ލޮގް ގިނަ މީހެކެވެ.

އޭނާގެ މައްޗަށް ކޮށްފައިވަނީ ހުއްދަ ނެތި ތަނަަކަށް ވަނުމާއި ފޭރުމުގެ ތުހުމަތެވެ.

ނަމަވެސް ތޫނު އެއްޗެއް ގެންގުޅުނުކަަމަށް އިޝާމާ އިންކާރުކުރާ ކަމަށް ބަންދު އަމުރުގައި ބުނެފައި ވެއެވެ.

"[އޭނާ އެ] ޢަމަލު ހިންގާފައިވާ ގޮތާއ،ި އަނިޔާވެރިކަން ހިމެނޭ ފަދަ ގޮތަކަށް އަމަލު ހިންގާފައިވާތީ އެކަމަށް ރިއާޔަތް ކޮށްފައިވާނެއެވެ." ބަންދު އަމުރުގައި ބުނެފައި ވެއެވެ.

ބަންދު އަމުރުގައި ބުނީ އޭނާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާތެރިވެދާނެކަމަށް ފެންނަ ކަމަށެވެ. އެހެންވެ ހަތް ދުވަސް ވަނީ ބަންދުގެ މުއްދަތު ޖަހައިފަ އެވެ.

މި ފަހުން ތޫނު އެއްޗެއް ބޭނުންކޮށްގެން ފޭރުނު އެހެން ދެ އަންހެނެއްގެ މައްސަލަވެސް ފެންމަތިވި އެވެ.