ޚަބަރު

ރާއްޖޭގަ އިންވެސްޓްކުރުމުގެ ދައުވަތު ނިއުޒިލޭންޑް ވިޔަފާރިވެރިންނަށް

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން

ރާއްޖޭގެ ހާއްސަ އިގްތިސޯދީ ދާއިރާގައި އިންވެސްޓުކުރުމުގެ ދައުވަތު ނިއުޒިލެންޑްގެ އިންވެސްޓަރުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފި އެވެ.

Ads by STELCO

ރައީސް އެ ދައުވަތު ދެއްވީ މަޖިލީހުގެ 79 ވަނަ ބައްދަލުވުމުގެ ހަވާސާގެ ތެރެއިން ނިއުޒިލެންޑްގެ ބޮޑުވަޒީރުގެ ނައިބު، ހާރިޖީ ވަޒީރު އަދި މިނިސްޓާ އޮފް ރޭސިން ވިންސްޓަން ޕީޓަސްްއާ ބައްދަލުކުރައްވާ ކުރެއްވި މަޝްވަރާތަކުގަ އެވެ.

މި ބައްދަލުވުމުގައި ދެބޭފުޅުން ވަނީ ދެގައުމުގެ ދޭދޭ ފަރުދުންގެ ދެމެދުގައި އޮންނަ ގުޅުން ހަރުދަނާކުރުމާއި، ވިޔަފާރި ހަރުދަނާކުރުމާއި، ދެ ގައުމުން ގުޅިގެން މަސައްކަތް ކުރެވިދާނެ ދާއިރާ ތަކާމެދު މަޝްވަރާކޮށްފަ އެވެ.

މި ބައްދަލުވުމުގައި ޖޯގްރަފީގޮތުން ރާއްޖެ އޮންނަ ސަރަހައްދުގެ ގޮތުން އިސްތިރާޖީ ފައިދާގެ ބޭނުން ހިއްސާކުރުމާމެދުވެސް މަޝްވަރާކޮށްފައިވެ އެވެ.

އެގެ އިތުރުން މިއަންނަ މަހުގައި ސަމޯއާގައި ބާއްވަން ހަމަޖެހިފައިވާ ކޮމަންވެލްތު ހެޑްސް އޮފް ގަވަމަންޓް އަކީ، ބައިނަލްއަގުވާމީ ފެންވަރުގައި ދެ ފަރާތައް ހުރި ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި އެކުގައި މަސައްކަތްކުރަން އޮތް ފުރުސަތެއްކަން ބައްދަލުވުމުގައި ފާހަގަކުރެއްވި އެވެ.

ބައްދަލުވުމުގައި ރައީސް ވަނީ ތައުލީމީ ދާއިރާގައި ހުރި ފުރުސަތުތަކުގެ މައްޗަށްވެސް އަލިއަޅުވާލާފަ އެވެ.

Ads by Allied Insurance