Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ޖަލުގައި ދަންޖެހުނު މީހާގެ ޕޯސްޓުމޯޓަމް ހަދަނީ

ޖަލުގައި ދަންޖެހުނު މީހާގެ ޕޯސްޓުމޯޓަމް ހަދަނީ

މިދިޔަ އަންގާރަ ދުވަހު މާފުށީ ޖަލުގައި ދަންޖެހިފައި ހުއްޓާ ފެނުނު, މާލެ، ގ. އެއްތެޔޮމާގެ، އަބްދުލްޣަނީ އިސްމާއީލް (62އ)ގެ މަރުގެ މައްސަލަގައި އޭނާގެ ޕޯސްޓުމޯޓަމް ހަދަން ފޮނުވައިފި އެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނީ އޭނާގެ ހަށިގަނޑުގެ ޕޯސްޓުމޯޓަމް ހަދަން ރާއްޖެއިން ބޭރަށް އިއްޔެ ފޮނުވާފައިވާ ކަމަށެވެ.

ޕޯސްޓުމޯޓަމް ހަދަން އާންމު ގޮތެއްގައި ފޮނުވަނީ އިންޑިއާ އަށެވެ.

Advertisement
HDC — Sidebar (box)

މީގެ ކުރިން ޖަލުގައި ހުރި ގައިދީއަކު މަރުވި މައްސަލާގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ޖަލުގައި މަރުވާ ގައިދީންގެ ހަށިގަނޑު އާއިލާއާ ހަވާލުކުރާނީ ޕޯސްޓްމޯޓަމް ހެދުމަށް ފަހު ކަމަށެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވީސް އިން ކުރިން ބުނީ ގޮޅީގައި ޣަނީ ދަންޖެހިފައި ހުއްޓާ ފެނުުނީ އަންގާރަ ދުވަހުގެ ހެނދުނު 6:52 ގައި ކަމަށެވެ.

ހޯމް މިނިސްޓްރީގެ ސްޕޯކްސް ޕާސަން "ދެން އޮންލައިން" އަށް މައުލޫމާތު ދެމުން ވިދާޅުވެފައިވަނީ ޣަނީ އަކީ ޖަލުގެ 11 ވަނަ ޔުނިޓުގައި ހުރި މީހެއް ކަމަށާއި، އޭނާ ދަންޖެހިފައިވަނީ ބެޑްޝީޓަކުން ކަމަށެވެ.

އެ ގައިދީއަކީ ކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި 15 އަހަރަށް ޖަލަށް ހުކުމްކޮށްފައިވާ މީހެކެވެ.

ކުޑަކުދިންނާއި ބަދުއަހުލާގީ އަމަލު ހިންގުމުގެ ކުށުގެ މައްސަލާގައި އޭނާ ޖަލަށް ގެންގޮސްފައިވަނީ މި އަހަރުގެ މާޗް 24 ގައި ކަމަށް ސްޕޯކްސްޕާސަން ވިދާޅުވި އެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް