4293 ދަރިވަރުންނާއެކު އޭލެވެލް އިމްތިހާން ފަށައިފި

4293 ދަރިވަރުންނާއެކު އެޗްއެސްސީ، އެޑެކްސެލް އަދި ކޭމްބްރިޖް އޭލެވެލް އިމްތިހާނުތައް މިއަދު ފަށައިފި އެވެ.
މިއަދު ފެށި މި އިމްތިހާނު 48 ސެންޓަރަކުގައި ކުރިއަށް ދެ އެވެ.
އޭގެ ތެރެއިން އެޗްއެސްސީ އިމްތިހާނުގައި 1663 ދަރިވަރުން ބައިވެރިވާ އިރު، އެޑެކްސެލް އޭލެވެލް އިމްތިހާނުގައި 3842 ދަރިވަރުން އަދި ކޭމްބްރިޖް އޭލެވެލް އިމްތިހާނުގައި ބައިވެރިވަނީ 443 ދަރިވަރުންނެވެ.
އޭލެވެލްގެ އިމްތިހާނުތައް އޮތީ މިއަދުން ފެށިގެން 14 ނޮވެންބަރާ ހަމައަށެވެ. އަދި އެޑެކްސެލް އޭލެވެލް އިމްތިހާނުތައް ކުރިއަށްދާނީ މިއަންނަ މަހުގެ 8 ވަނަ ދުވަހުން ފެށިގެން މިއަންނަ މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ.
އޭލެވެލް އިމްތިހާނު މިއަދު ފަށާފައިވާއިރު މިދިޔަ ބުރާސްފަތި ދުވަހުގައި ވަނީ ފުރަތަމަ ޓާމްގެ ކިޔެވުން ނިމި، ސްކޫލުތަކުގެ ދަރިވަރުންނާއި މުދައްރިއްސުން ޗުއްޓީ އަށް ގޮސްފަ އެވެ.