Tuesday, 3 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ފުވައްމުލަކުގައި ވާ މަދުކުރަން ސިފައިން ބަޑި ޖަހަން ފަށައިފި

ފުވައްމުލަކުގައި ވާ މަދުކުރަން ސިފައިން ބަޑި ޖަހަން ފަށައިފި
ފުވައްމުލަކު ސިޓީގައި ވާ ގިނަވެ އާންމުންނަށް އުނދަގޫތަކާ ކުރިމަތިވެފައިވާތީ އެ ސިޓީން ވާ މަދުކުރުމުގެ ޕްރޮގްރާމެއް ފަށައިފި އެވެ.
އެމްއެންޑީއެފްއިން ބުނީ މިއީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑާއި ފުވައްމުލަކު ސިޓީ ކައުންސިލުން ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ.
އިއްޔެ ފެށި އެ ޕްރޮގްރާމްގެ ދަށުން ކޮންމެ ދުވަހަކުވެސް އެ ސިޓީގެ އެކި ސަރަހައްދުތަކުގައި ބަޑި ޖަހައިގެން ވާ މަދުކުރުމުގެ ޕްރޮގްރާމް ކުރިއަށް ގެންދާނެ ކަމަށް ވެސް އެމްއެންޑީއެފްއިން ބުނެއެވެ.
އެ ޕްރޮގްރާމުގައ ިހަރަކާތްތެރިވަނީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ފުވައްމުލަކު ޕޯސްޓުގައި މަސައްކަތްކުރާ ސިފައިންނެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް