ޚަބަރު

ފިނޭންސް މިނިސްޓަރަކަށް ޒަމީރު، ފޮރިން މިނިސްޓަރަކަށް ހަލީލު ބަދަލުކުރަނީ 

ޢާއިޝަތު ނުހާ ، ދެން އޮންލައިން

ހެލްތް މިނިސްޓަރު ޑރ. އަބްދުالله ހަލީލް އެ މަގާމުން ބަދަލުކޮށް, އެ މަގާމަށް ރައީސް އޮފީހުގެ ސީނިއާ މިނިސްޓަރު, އަބްދުالله ނާޒިމް އިބްރާހިމް އައްޔަންކުރަން ނިންމައިފި އެވެ.

Ads by Hajj Corporation

އެ ބަދަލު ގެންނަން ނިންމާފައިވަނީ ރައީސުލްޖުމްހޫރިއްޔާ މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުންނެވެ.

އެ ބަދަލާއެކު ފިނޭންސް މިނިސްޓަރުގެ މަގާމަށް މޫސާ ޒަމީރު އަދި ފޮރިން މިނިސްޓަރުގެ މަގާމަށް ޑރ. އަބްދުالله ހަލީލު ބަދަލުކުރަން ނިންމާފައިވެ އެވެ.

ޒަމީރު މިހާރު ހުންނެވީ ފޮރިން މިނިސްޓަރަކަށެވެ. އަދި ހަލީލު މިހާރު ހުންނެވީ ހެލްތް މިނިސްޓަރުކަމުގެ މަގާމުގަ އެވެ.

މަގާމުތަކަށް ގެނައި ބަދަލުތައް ރައީސް އޮފީހުގެ ވެބްސައިޓުގައި މިހާރު ޝާއިއުކޮށްފައިވެ އެވެ.

ފިނޭންސް މިނިސްޓަރި ޑރ. މުހައްމަދު ޝަފީގު އައްޔަންކުރަން ނިންމާފައިވަނީ ކޮން މަގާމަކަށް ކަމެއް މިހާތަނަށް އެނގިފައި ނުވެ އެވެ. ހެލްތް މިނިސްޓަރަށް އައްޔަންކުރަން ނިންމާފައިވާ ނާޒިމް އަކީ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައިވެސް އެ މަގާމުގައި ހުންނެވި ބޭފުޅެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އާ ވަޒީރުން ހުވާކުރުމާއި މަގާމުގެ ފަތްކޮޅު ދިނުން މިއަދު ރައީސް އޮފީހުގައި ކުރިއަށްދާނެ އެވެ.