ޚަބަރު

ހަށި ވިއްކުމުގައި އުޅޭ ބިދޭސީންތަކެއް އަތުލައިގެންފި، ތިން މީހަކު ޑީޕޯޓްކޮށްލައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
އިމިގްރޭޝަނުން އަތުލައިގަތް ބިދޭސީންތައް--

ހަށި ވިއްކުމުގައި އުޅޭ ބިދޭސީންތަކެއް އަތުލައިގެންފި އެވެ.

Ads by Hajj Corporation

އިމިގްރޭޝަންއިން މިއަދު ހަވީރު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ރާއްޖޭގައި ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރިކުރަމުންދިއަ ބިދޭސީން ހޯދުމަށް އިމިގްރޭޝަނާއި ފުލުހުން ގުޅިގެން މިދިޔަ އޮގަސްޓު މަހާއި ސެޕްޓެންބަރު މަހުގައި ވަނީ ހާއްސަ އިންސްޕެކްޝަން ތަކެއް ހިންގާފައިވާ ކަމަށެވެ.

އެ އިންސްޕެކްޝަންތަކުގެ ތެރެއިން އެކަމުގައި ޝާމިލުވާ ބިދޭސީ ފަސް އަންހެނުންނާއި އެޖެންޓެއްގެ ގޮތުގައި މަސައްކަތް ކުރަމުންދިއަ ބިދޭސީ ފިރިހެނަކު އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ވެސް އިމިގްރޭޝަނުން ބުނެ އެވެ.

އަދި އެ މައްސަލަތައް ތަހުގީގު ކުރުމަށްފަހު ރާއްޖެ އަނބުރާ ނާދެވޭ ގޮތަށް އޭގެ ތެރެއިން ތިން މީހަކު ޑީޕޯޓްކޮށްލައިފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

"އަދި ބާކީ 03 މީހުން ޑީޕޯޓުކުރުމުގެ މަސައްކަތް މިހާރުދަނީ ކުރަމުން." އިމިގްރޭޝަނުން ބުންޏެވެ.

އިމިގްރޭޝަންއިން އެ މީހުންގެ ފޮޓޯތައް އާންމުކޮށްފައިވާ އިރު އޭގެ ތެރޭގައި ރަޝިއާ، ވިއެޓްނާމް ފަދަ ގައުމުތަކުގެ މީހުން ހިމެނެ އެވެ.

މީގެ ކުރިން ޓެލެގްރާމް މެދުވެރިކޮށް ހަށިވިއްކާ ބަޔަކު ވެސް ފުލުހުން އަތުލައިގެންފައިވެ އެވެ.

Ads by Ooredoo