ބެންގަލޫރު މެރަތަން: އޭޖް ކެޓަގަރީން އެއްވަނަ ޝިފާޒަށް
އިއްޔެ ބެންގަލޫރުގައި ކުރިޔަށް ދިޔަ 11ވަނަ ބެންގަލޫރު މެރަތަންގެ ހާފް މެރެތަން އިވެންޓްގައި 35 އަހަރާއި 40 އަހަރާ ދެމެދުގެ އޭޖް ކެޓެގަރީން އެއްވަނަ ، ރާއްޖޭގެ ދުވުންތެރިޔާ ޝިފާޒް މުޙައްމަދު ހޯދައިފިއެވެ.
ކޯޗް ނަސްރުﷲ އަޙްމަދުގެ އިރުޝާދުގެ ދަށުން އައިލެންޑް ރަނަރސް މޯލްޑިވްސްގައި ތަމްރީން ހަދަމުން އަންނަ ޝިފާޒް އިއްޔެގެ އިވެންޓް ނިންމީ އެއް ގަޑިއިރާ 18 މިނެޓުންނެވެ. ހާފް މެރެތަންއިން އެއްވަނަ ހޯދި އިންޑިއާގެ އަޝޯކް ބިންދްގެ ޓައިމިންއަކީ އެއް ގަޑިއިރާއި ބާރަ މިނެޓެވެ. ފަސްހާހަށް ވުރެ ގިނަ މީހުން ދުވި މި އިވެންޓުގައި ޝިފާޒް ވަނީ 9ވަނައަށް ރޭންކްކޮށްފައެވެ.
ބްރޭކަކަށް ފަހު ، ތަމްރީންތައް ހަދަން ފެށި ޝިފާޒް އަންނަނީ ރަނގަޅު ނަތީޖާތަކެއް ހޯދަމުންނެވެ. އެ ގޮތުން އޭނާ ވަނީ އޮގަސްޓްމަހު ހައިދަރުއާބާދުގައި އޮތް މެރެތަންގެ ހާފް މެރެތަން އިވެންޓުން އޭޖް ކެޓަގަރީން ދެވަނަ ހޯދައިފައެވެ. އަދި މި ދިޔަ މަހު އޮތް ގައުމީ މުބާރާތުގައި ވެސް އޭނާ ވަނީ 35 މިނެޓުން 10 ކިލޯ މީޓަރުގެ އިވެންޓް ނިންމައި ޕަރސަނަލް ބެސްޓަކާ އެކު އިވެންޓުން އެއްވަނަ ހޯދައިފައެވެ.
ބެންގަލޫރު ހާފް މެރަތަން އިވެންޓްގައި ޝިފާޒްގެ އިތުުރުން އައިލެންޑް ރަނަރސްގެ ތިން އެތުލީޓުން ދުވެފައި ވެއެވެ. އެ ތިން ދުވުންތެރިން ވެސް ވަނީ އެ މީހުންގެ ޕަރސަނަލް ބެސްޓް އައުކޮށްފައެވެ. އެއީ އެއް ގަޑިއިރާއި 33 މިނެޓުން ރޭސް ނިންމި އިބްރާހީމް ނާއިފާއި ހަސަން ޝިރާޒް އަދި އެއްގަޑިއިރާއި 43 މިނެޓުން ރޭސް ނިންމި މުޙައްމަދު ޔައުގޫބެވެ. އޭގެ އިތުރުން އައިލެންޑް ރަނަރސްގެ މުހައްމަދު އަލީ ވަނީ 48 މިނެޓުން 10 ކިލޯމީޓަރުގެ އިވެންޓް ފުރިހަމަކޮށްފައެވެ.
މި މެރެތަންގައި, ރާއްޖޭގެ އެންމެ ގިނަ މެރަތަން ފުރިހަމަކޮށްފައިވާ ނަޞްރުالله އަހްމަދު ވަނީ އޭނާގެ 97 ވަނަ އިންޓަނޭޝަނަލް މެރަތަން ފުރިހަމަކޮށްފައެވެ އޭނާ މި މެރަތަން ދުވެފައި ވަނީ 4 ގަޑިއިރާއި 16 މިނެޓުންނެވެ.
މި ބުނީ ޓީއެފްޖީ ގެ ފަރާތުން ބައިވެރިވި ފާއިގުގެ ކޮއްކޮ މަދީހާ ވެސް ވަނީ އަންހެނުންގެ އޭޖް ކެޓަގަރީ އިން އެއްވަނަ ހޯދާފަ! ކީއްވެ ބާ އެވާހަކަ ނުޖެހީ؟!