Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
އިޖުތިމާޢީ

ހިލޭ ސާބަހަށް ހިންގާ މިސްކިތު ގާރީ ކުލާސްތަކުގައި 29 މީހުންނާ 3 ޖަމިއްޔާ އެއް

ހިލޭ ސާބަހަށް ހިންގާ މިސްކިތު ގާރީ ކުލާސްތަކުގައި 29 މީހުންނާ 3 ޖަމިއްޔާ އެއް
ރާއްޖޭގެ ހުރިހާ ރަށެއްގެ މިސްކިތްތަކުގައި ހިލޭ ސާބަހަށް "މިސްކިތު ގާރީ ކުލާސް" ފަށައި، އެ ކުލާހުގައި 29 މީހުންނާއި 3 ޖަމިއްޔާއިން ބައިވެރިވެއްޖެ އެވެ. މިސްކިތްތަކުގެ ދައުރު ފުޅާކުރުމުގެ މަގްސަދުގައި ހިންގަން ފެށި މަސައްކަތުގެ ތެރެއިން މިއަދު ފެށި އެ ޕްރޮގްރާމު 29 ތަނެއްގައި ހިންގަން ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތުދެ އެވެ. އެ ޕްރޮގްރާމް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ކުދިންނަށް ރައްކާތެރި މާހައުލެއްގައި ކިޔަވައިދިނުމަކީ މުހިންމު ކަމެއް ކަމަށެވެ. ބަލައިގެން ކިޔުމާއި ހިތުދަސްކުރުން ފުރަތަމަ ކުރިއަށްދާ ރަށްތައް:
  1. މާލެ ސިޓީ
  2. ހުޅުމާލެ
  3. ވިލިމާލެ
  4. އައްޑޫ ސިޓީ
  5. ފުވައްމުލައް ސިޓީ
  6. ހދ. ކުޅުދުއްފުށި
  7. އދ. މަހިބަދޫ
  8. ލ.އިސްދޫ
  9. ތ. އޮމަދޫ
  10. ނ. ވެލިދޫ
  11. ހއ. ކެލާ
  12. ގއ. ކޮނޑޭ
  13. ށ. ފޮނަދޫ
  14. ބ. ތުޅާދޫ
  15. ގދ. ނަޑެއްލާ
  16. ސ. ފޭދޫ
  17. ލ. މާވަށް
  18. އދ. މާމިގިލި
  19. އއ. ތޮއްޑޫ
  20. ކ. ތުލުސްދޫ
  21. ބ. ކުޑަރިކިލި
  22. މ. މުލަށް
  23. ތ. ކިނބިދޫ
އެ ޕްރޮގްރާމްގެ ދަށުން ހިންގާ ހުރިހާ ކުލާސްތަކެއްވެސް ހިންގާނީ ހިލޭ ސާބަހަށް ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި ހިލޭ ސާބަހަށް ކުލާސް ހިންގައިދޭނެ ބައެއް ހޯދަންވެސް އެ މިނިސްޓްރީން އިއުލާން ކޮށްފައި ވެއެވެ. މިއީ ރައިސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އަދި މިއީ ރައީސްގެ މެނިފެސްޓޯގައި ހިމެނޭ ކަމެކެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް