ވައިގަދަވެފައި ވިއްސާރަ، ބަލައިގެން އުޅަނދުތައް ދުއްވަން ފުލުހުންގެ އިލްތިމާސެއް

ވައިގަދަވެ ވިއްސާރަ ވުމާ އެކު، ބްރިޖާއި ހައިވޭއިން ދަތުރުކުރާއިރު ސަލާމަތާއި ރައްކާތެރި ކަމަށް ބަލައިގެން އުޅަނދުތައް ދުއްވުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އިލްތިމާސްކޮށްފި އެވެ.
މިއަދު މެންދުރުފަހު "އެކްސް" ގައި ކުރި ޕޯސްޓެއްގައި ފުލުހުން ބުނީ މި ދުވަސްވަރަކީ ވައިގަދަ، ވިއްސާރަ ދުވަސްވަރަކަށްވުމާ އެކު، ސިނަމާލެ ބްރިޖުން ދަތުރުކުރާއިރު ތިމާ އާއި އަނެކުންގެ ސަލާމަތާއި ރައްކާތެރި ކަމަށް ބަލަން ޖެހޭ ކަމަށެވެ.
އެގޮތުން ސަމާލުކަން ދިނުމަށް ފުލުހުން ފާހަގަކުރި ކަންކަމަކީ:
- ސައިކަލު ދުއްވާއިރު ކުޑަ ނަގައިގެން ނުދުއްވުން
- ފަސޭހައިން ހަލާކުވެ، ވަޔާދާ ފަދަ ކޯޓު ބޭނުން ނުކުރުން
- ހެލްމެޓު ވަޔާނުދާނެހެން ރަނގަޅަށް އެޅުން






ކޮމެންޓް