Tuesday, 3 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ހައްޖު ކޯޕަރޭޝަންގެ އެމްޑީގެ ފަރާތުން ކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ހޯދަނީ

ހައްޖު ކޯޕަރޭޝަންގެ އެމްޑީގެ ފަރާތުން ކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ހޯދަނީ
ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލްގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދަމުންދާ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.
ޝަކީލް އެކްސްގައި މިއަދު ވިދާޅުވީ އޭނާގެ ފަރާތުން ކަމަށް ބުނެ  އަބްދު الله ރަޝީދު، ގ.ދަލާސްޓް (ފޯން ނަންބަރު 7610117 ) ކިޔާ މީހަކު އެކި ފަރާތް ތަކަށް ގުޅައި ފައިސާ ހޯދަމުން ދާކަމަށް  މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެގޮތުން  އެކި ފަރާތްތަކުގެ އަތުން ބޮޑެތި އަދަދުތަކުން ފައިސާ ހޯދުމަށް ސްކޭމް ކޯލްތަކެއް އޭނާ ކުރަމުން ދާތީ ސަމާލު ވުމަށް ވެސް ޝަކީލު ވަނީ އިލްތިމާސްކުރައްވައިފަ އެވެ. "އަޅުގަނޑުގެ ފަރާތުން ކަމަށް ބުނެ އެއްވެސް ފަރާތަކުން ފައިސާ ހޯދުމަށް ކުރާ ފޯން ކޯލްތަކަށް އިޖާބަ ނުދިނުމަށް ދަންނަވަމެވެ. އަދި މި މައްސަލަ ބަލައިދިނުމަށް އެދި މޯލްޑިވްސް ޕޮލިސް ސާރވިސްއަށް ހުށަހަޅާފައިވާ ކަމަށް ދަންނަވަމެވެ." ޝަކީލް ވިދާޅުވި އެވެ. އޮޅުވާލައިގެން އެކި މީސް މީހުންނާއި އެކި މުވައްސަސާތަކުގެ ނަމުގައި ސްކޭމް ކޯލްތައް ކުރުން  މިހާރު ވަނީ އާންމު ކަމަކަށް ވެފައި އެވެ. އެގޮތުން ބޭންކުންނާއި އަދި ފްލެޓް ލިބުނު ކަމަށް ބުނެ އެފަދަ ކޯލްތައްކޮށް އޮޅުވާލައިގެން އެތައް ބައެއްގެ އަތުން ފައިސާ އަތުލާފައި ވެއެެވެ.  

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް