ޚަބަރު

4 ފުޅި ދިޔާހަކުރު ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި 

ޢާއިޝަތު ނުހާ ، ދެން އޮންލައިން
ކްރިމިނަލް ކޯޓު/ ފޮޓޯ:ދެން

4 ފުޅި ދިޔާހަކުރު ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި އެވެ.

Ads by Hajj Corporation

އެ މައްސަލާގައި ހައްޔަރުކޮށް ބަންދުކޮށްފައިވަނީ ޅ. ނައިފަރު އުމުރުން 27 އަހަރުގެ ފިރިހެނެކެވެ.

އެ މީހާ ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އެ ކޯޓުން އަމުރުކޮށްފައިވެ އެވެ.

ކޯޓު އަމުރުގައި ބުނެފައިވަނީ އެ މީހާގެ މައްޗަށް ތުހުމަތުކޮށްފައިވާ ކުށް އެ މީހާ ކުރިކަމަށް ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ހުށަހަޅާފައިވާ ކަމަށެވެ. އެގޮތުން ސީނަށް ދިޔަ ފުލުހުންގެ ހާދިސާ ރިޕޯޓާއި މައްސަލަ ހުށަހަޅާ ފަރާތުގެ ބަޔާން ހުށަހަޅާފައިވާ ކަމަށް ބުނެފައިވެ އެވެ.

ކޯޓުގައި އޭނާ ބުނެފައިވަނީ ވަކީލެއް ބޭނުންނުވާ ކަމަށާއި އެ 4 ފުޅި ދިޔާހަކުރަކީ އޭނާ ވަގަށް ނެގި އެއްޗެއް ނޫން ކަމަށެވެ.

"މީނާ 4 ފުޅި ދިޔާހަކުރު ގެންގުޅުނު ކަމަށާއި ނަމަވެސް އެއީ ވަގަށް ނެގި އެއްޗެއް ނޫން ކަމަށާއި ބަޔަކު ނަގާފައި ތަނެއްގައި ބަހައްޓާފައި ހުއްޓާ މީނާއަސް ފެނިގެން އެ ފުޅިތައް ނެގީކަމަށް ބުނި"

ސީނުގައި ތިބި ފުލުުހުންގެ ގާތުގައި އޭނާ ބުނެފައިވާ ކަމަށް ބުނެ ކޯޓު އަމުރުގައި ބުނެފައިވަނީ ދިޔާހަކުރު ފުޅިތައް އޭނާ ނެގީ ޕިކަޕެއްގެ ދަށުން ކަމަށެވެ.

އައިއޯ ބުނެފައިވަނީ 4 ފުޅި ދިޔަހަކުރު ގެއްލިގެން މާރުކޭޓުގެ 154 ނަންބަރު ގޮޅި ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

ހައްޔަރުކުރި މީހާ ބުނެފައިވަނި ޕްލާސްޓިކް ސާޖަރީއެއް ހަދަން ޖެހިފައިވާ ކަމަށާއި ފެށޭ ހަފްތާއަށް އެޕޮއިންޓްމަންޓު ލިބިފައިވާ ކަމަށެވެ. އެހެންނަމަވެސް މެޑިކަލް ޑޮކިއުމަންޓު އަދި ލިބިފައި ނުވާ ކަމަށް އައިއޯ ބުނެފައިވެ އެވެ,

މެޑިކަލް ކަންކަން ބެލުމަށްފަހު އެކަންކަން ފަހިކޮށްދިނުމަށް އައިއޯއަށް ދަންނަވާފައިވާނެ ކަމަށް އަމުރުގައި ބުނެފައިވެ އެވެ.

ވައްކަމުގެ މި މައްސަލާގައި ހައްޔަރުކުރި މީހާއަކީ ހައްޔަރު އަދި ބަންދު ރެކޯޑު އޮތް ފަރާތެކެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!