Tuesday, 3 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

މުދަލު ޒަކާތުގެ ނިސާބު ކުޑަކޮށްފި

މުދަލު ޒަކާތުގެ ނިސާބު ކުޑަކޮށްފި

މުދަލު ޒަކާތުގެ ނިސާބު ކުޑަކޮށްފި އެވެ.

މި އަހަރު ފެށުނު ފަހުން މުދަލު ޒަކާތުގެ ނިސްބަތް މީގެ ކުރިން ދެ ފަހަރެއްގެ މަތިން އޮތީ ބަދަލުގެނެސްފަ އެވެ.

އެންމެ ފަހުން މުދަލު ޒަކާތުގެ ނިސާބަށް ބަދަލު ގެނައީ މިދިޔަ މޭ މަހު އެވެ.

Advertisement
Allied Insurance — Square (box)

އޭރު މުދަލު ޒަކާތުގެ ގޮތުގައި ކަނޑައެޅީ 9353.40 ރުފިޔާ އެވެ.،

އެހެން ނަމަވެސް މިއަދު ޒަކާތު ހައުސްއިން ބުނީ މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން މުދަލު ޒަކާތުގެ ނިސާބަކީ 9240.35ރ ކަމަށެވެ.

ނިސާބަށް ބަދަލު ގެންނަނީ ދުނިޔޭގެ ބާޒާރުގައި ރަންރިހީގެ އަގަށް އަންނަ ބަދަލާ ގުޅިގެންނެވެ.

މިނިސްޓްރީން މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި މުދަލު ޒަކާތުގެ ނިސާބުގެ މިންވަރު ކަނޑައެޅުމުގައި ފައިސާ ރިހިން އަގުކުރުމަކީ ރާއްޖެ ފަދަ ކުދި ގައުމުތަކުގައި ފަގީރުންނަށް އެންމެ ފައިދާ ބޮޑު ގޮތް ކަމުގައި އިލްމުވެރިން ވިދާޅުވާ ކަމަށެވެ.

ޒަކާތުގެ އެންމެ ހައްގުވެރިންނަށް ހައްގު ގޮތުގައި ޒަކާތުގެ ނަފާ ލިބިދެވޭނެ މަގު ހަމަޖެއްސުމަށްޓަކައި ޒަކާތު ހައުސްގެ ނަމުގައި އިދާރާއެއް ވެސް މި ސަރުކާރުން ވަނީ ހުޅުވާފަ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް