ޚަބަރު ރައްޔިތުންގެ މަޖިލިސް ސަރުކާރު

އިންޑިއާއަށް ކަނޑައަޅާފައި ހުންނަ ސަފީރު ކަމަށް އަޒީމާ އައްޔަން ކުރަން ކޮމިޓީން ފާސްކޮށްފި

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން
ސަފީރު ކަމަށް އަޒީމާ އައްޔަންކުރަން ކޮމިޓީން ފާސްކުރީ 8 މެންބަރުންގެ އިއްތިފާގުން

ރާއްޖެއިން އިންޑިއާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމަށް ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކެޓްރީ އާއިޝަތު އަޒީމާ އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

Ads by Hajj Corporation

އެ ކޮމިޓީން އެ ނިންމުން ނިންމާފައިވަނީ، މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހުގެ ރައީސްއަށް ފޮނުވި ސިޓީއާ ގުޅިގެންނެވެ.

ސަފީރު ކަމަށް އަޒީމާ އައްޔަން ކުރަން ފެންނަ ކަމަށް ކޮމިޓީން ފާސްކޮށްފައިވަނީީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 8 މެންބަރުންގެ އިއްތިފާގުންނެވެ.

އެ ބައްދަލުވުމުގައި އަޒީމާއާ އިންޓަވިއު ކުރުމަށް މާފަންނު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އަބްދުﷲ ރިފާއު (ބޮޗޭ) ހުށަހަޅާ، ތާއިދު ލިބިފައިވާއިރު އެކަމާ ދެކޮޅަށް ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީއެންސީ މެމްބަރު މުހައްމަދު ދާއޫދު ހުށަހެޅި އެވެ. ދާއޫދުގެ ހުށަހެޅުމުގައި ވިދާޅުވީ އަޒީމާގެ ތައުލީމާއި ތަޖުރިބާގެ އަލީގައި ގާބިލު ބޭފުޅެއް ކަން ސާފުވާތީ އިންޓަވިއު ކުރުމެއް ނެތި ކޮމިޓީން ރުހުން ދިނުމަށެވެ.

ދާއޫދުގެ ހުށަހެޅުމަށް ތާއީދު ލިބުމުން ބޮޗޭ ވަނީ އޭނާގެ ހުށަހެޅުން އަނބުރާ ގެންގޮސްފަ އެވެ.

އިންޑިއާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުގެ މަގާމުގައި މިހާރު ހުންނެވީ އިބްރާހީމް ޝިހާބެވެ. އަޒީމާ އައްޔަންކުރަނީ ޝިހާބުގެ ބަދަލުގަ އެވެ.

މިދިޔަ ސަރުކާރުގެ ޗައިނާގެ ސަފީރުކަން ކުރައްވާފައިވާ އަޒީމާ މީގެ ކުރިން ވަނީ އިންޑިއާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަންގައި ފަސްޓް ސެކްރެޓަރީގެ މަގާމުވެސް އަދާކުރައްވާފަ އެވެ. އަދި ފޮރިން މިނިސްޓަރީއާއި ފިނޭންސް މިނިސްޓްރީގައި ވެސް އަޒީމާ މަސައްކަތްކުރައްވާފައިވެ އެވެ.

Ads by Allied Insurance