Tuesday, 3 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

އަންނަ ދިރާސީ އާ އަހަރަށް ދަރިވަރުން އެލްކޭޖީން ފެށިގެން އެކަކަށް ވައްދަން މާދަމާ ހުޅުވާލަނީ

އަންނަ ދިރާސީ އާ އަހަރަށް ދަރިވަރުން އެލްކޭޖީން ފެށިގެން އެކަކަށް ވައްދަން މާދަމާ ހުޅުވާލަނީ

އަންނަ ދިރާސީ އާ އަހަރަށް މާލޭގެ ސަރުކާރު ސްކޫލުތަކުގެ އެލްކޭޖީ, ޔޫކޭޖީ އަދި ގްރޭޑް އެކަކަށް ދަރިވަރުން  ވައްދުމުގެ ފުރުސަތު ހުޅުވާލަން ނިންމައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ދަރިވަރުން ވައްދަން ފޯމު ހުށަހެޅުމުގެ ފުރުސަތު މާދަމާއިން ފެށިގެން ލިބޭނެ ކަމަށެވެ.

އެގޮތުން މާލޭ ސަރަހައްދުގެ ސްކޫލުތަކަށް ދަރިވަރުން ވެއްދުމަށް ފޯމް ހުށަހަޅާނީ އޮންލައިން ފޯމް މެދުވެރިކޮށް ކަމަށާއި އެ ފޯމް އެޑިއުކޭޝަން، މިިނިސްޓްރީގެ ވެބްސައިޓުން ފެންނަން ހުންނާނެ ކަމަށެވެ.

Advertisement
Allied — Dhen Online (box)

ފޯމް ހުށަހެޅުމުގެ އެ ފަހު ތާރީހަކީ އަންނަ މަހު ހަ ވަނަ ދުވަހެވެ. އަދި އޭގެ ފަހުން އެއްވެސް އެޕްލިކޭޝަނެއް ބަލައިނުގަންނާނެ ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ.

އެހެންކަމުން ވީހާވެސް އަވަހަކަށް ފޯމުތައް ހުށަހަޅަން މިނިސްޓްރީން ވަނީ އެދިފަ އެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް