ފިހާރައަކަށް ވަދެ ވަޅިން ބިރުދައްކައި ފޭރުނު މީހަކު ހައްޔަރުކޮށްފި
 
                                                        އައްޑޫ ސިޓީ ފިހާރައަކަށްވަދެ ބިރުދައްކައި ފޭރުނު މީހަކު ހައްޔަރުކޮށްފި އެވެ.
މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ އައްޑޫ ސިޓީ ހިތަދޫ ފިހާރައަކަށް ވަދެ ބިރުދައްކައި ފޭރުނު މައްސަލަ މިދިޔަ ހޯމަ ދުވަހުގައި ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ 40 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. ކޯޓު އަމުރެއްގެ ދަށުން އެ މީހާ ހައްޔަރުކޮށްފައިވަނީ އިއްޔެ ކަމަށް ފުލުހުން ބުންޏެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަނީ ދެ މީހަކު ފިހާރައަށް ވަދެ، ސޭޓަށް ވަޅިންނާއި ދަގަނޑަކުން ބިރުދައްކައި ފައިސާ ފޭރޭ މަންޒަރެވެ. އަދި ވީޑިއޯގެ އަޑުން، ފޭރެން ދިޔަ މީހުން ހަޑި ހުތުރު ބަސް ބޭނުންކޮށް ބިރުދައްކާ އަޑުވެސް އިވެ އެވެ.
 
  Ads by HDC
 
 
 
            
                     
            
                     
            
                     
            
                    
 
		
 
		
 
		
 
		
