ޚަބަރު

މިދާވަރުން ދަންޏާ މި ސަރުކާރުން އަނބިދަރިން މޯގޭޖްކޮށް ސުވޮޕް ވެސް ކުރާނެ: ގަޕޯ 

ޢާއިޝަތު ނުހާ ، ދެން އޮންލައިން

މި ސަރުކާރުން ދަރަނީގެ ގޮތުގައި މިހާރު ނުކޮށް އޮތް ކަމަކީ އަނބިދަރިން މޯގޭޖްކޮށް, ސުވޮޕް ކުރުން ކަމަށާއި އެކަންވެސް ކުރާނެހެން ހީވާ ކަމަށް ހަނިމާދޫ އަބްދުލްޣަފޫރު މޫސާ (ގަޕޯ) މިއަދު ވިދާޅުވެއްޖެ އެވެ.

Ads by STELCO

ޣަފޫރު މިފަދައިން ވިދާޅުވީ ޓޫރިޒަމާބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލުގެ ބަހުސްގަ އެވެ.

ޣަފޫރު ވިދާޅުވީ އެ އިސްލާހަށް ތާއީދު ނުކުރާ ކަމަށެވެ. އަދި ދައުލަތުގެ ހަރަދުތައް ކުޑަ ނުކޮށް ޓެކްސް ބޮޑުކުރިޔަސް އެކަމުގެ ނަފާ ނުނިކުންނާނެ ކަމަށް ޣަފޫރު ވިދާޅުވި އެވެ.

ސިޔާސީ 228 މުވައްޒަފަކު ވަކިކުރަން އިއްޔެ ރަައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވި ނިންމެވުމަށް އިޝާރާތްކުރައްވާ ޣަފޫރު ވިދާޅުވީ އެ މުވައްޒަފުންނަށް މާދަމާ ސަރުކާރުގެ ކުންފުނިތަކުން ވަޒީފާ ހަމަޖައްސާނެ ކަމަށެވެ. އަދި އެއީ މިހާތަނަށްވެސް އެކަން ހިނގާފައި އޮތް ގޮތް ކަމަށް ޣަފޫރު ވިދާޅުވި އެވެ.

ޣަފޫރު ވިދާޅުވީ އެއް އަހަރު ތެރޭގައި މިއަށްވުރެ ގިނަ ލޯނު ނެގި ސަރުކާރެއް މިހާތަނަށް ނާންނަ ކަމަށެވެ.

"ވޯކް ޕްރޮގްރާމަށް 400 މިލިއަން, އަދި އޭގެ އިތުރަށް ފައިސާ ބަދަލުކުރުމުގެ ޕްރޮގްރާމަށް އިތުރު 200 މިލިއަން. ތިލަފުށީގައި ރިވެޓްމަންޓް ޖެހުމާ ކަންކަން ކުރަން އަނެއްކާވެސް އިތުރު 200 މިލިއަން ރުފިޔާ. ކުވައިތު ފަންޑުން ހޮސްޕިޓަލް އަޅަންށޭ ކިޔާފައި އަނެއްކާ 100 މިލިއަން ރުފިޔާ. އޭގެ އިތުުރުން ބެންކް އޮފް ސިލޯނުންވެސް އެމްއޭސީއެލްއަށް އަނެއްކާ އެހެރީ ލާރި ނަގާފައި."

9 ބިލިއަން ރުފިޔާގެ ޓީބިލްއެއް ވިއްކާފައިވާ ކަމަށާއި އެއް ބިލިއަން ޑޮލަރަށްވުރެ ދައުލަތުން ނަގާފައި އޮތް ދަރަނި ބޮޑު ކަމަށް ޣަފޫރު ވިދާޅުވި އެވެ. އަދި ފިނޭންޝަލް ޓާމުގައި ބޭނުންކުރާ ހުރިހާ އެއްޗެއް މި ސަރުކާރުން ނަގާފައިވާ ކަަމަށް ޣަފޫރު ވިދާޅުވި އެވެ.

"ދެން އޮތީ ފައިސާއަށް އަނބިދަރިން މޯގޭޖްކުރުން ނޫނީ އަނބިދަރިން ސުވޮޕްކުރުން ބާކީ އޮތީ މިހާރު. އެކަންވެސް އަޅުގަނޑަށް ހީވަނީ މި ސަރުކާރުން ކުރާނެ ހެން. އެ ނޫން ހުރިހާ ކަމެއް ކޮށް ނިމުނީ"

އޭގެ އިތުރުން އިންޑިއާގެ ޓޫރިސްޓުން މަދުވުމުގެ ސަބަބުން ރާއްޖެއަށް ބޮޑެތި ގެއްލުންތައް ލިބިގެން ގޮސްފައިވާ ކަމަށް ޣަފޫރު ވިދާޅުވި އެވެ.

ޣަފޫރު ވިދާޅުވީ މިދާވަރުންދަންޏާ މަގުމައްޗަށް ނިކުމެ އުޅޭތީ ވެސް ޓެކްސް ދައްކަން ޖެހޭނެ ކަމަށެވެ. އަދި އެ ނޫން އެއްވެސް ގޮތެއް މިއަދު ދިވެހި ރައްޔިތުންނަކަށް ނެތް ކަމަށް ޣަފޫރު ވިދާޅުވި އެވެ.

Ads by HDC