ޓެކްސް ބޮޑުކުރުމަކީ ރިހޭ ފައިމައްޗަށް ފޮއިވެއްޓުން ކަހަލަ ކަމެއް: ސިޔާމް
ޓެކްސް ބޮޑުކުރުމަކީ ރިހޭ ފައިމައްޗަށް ފޮއިވެއްޓުން ކަހަލަ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެ އެވެ.
ސިޔާމް މިފަދައިން ވިދާޅުވީ މިއަދުގެ ރައްޔިތުންގެ ޖަލްސާގައި ޓޫރިޒަމާބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލުގެ ބަހުސްގަ އެވެ.
ސިޔާމް ވިދާޅުވީ ޓެކްސް ނަގާއިރު ވިސްނާލަން ޖެހޭ އެންމެ މުހިއްމު ކަމަކީ ދުނިޔޭގެ އިގްތިސޯދީ ބާރުތަކުގެ ތެރޭގައި ކުރިއަރަމުން އަންނަ އިގްތިސޯދާ އެއްވަރަށް ނެގުން ކަމަށެވެ. އަދި ރާއްޖެގައި ޓެކްސް މިހާރު ވަރަށް ބޮޑު ކަމަށާއި ދުބާއީއާއި ސިންގަޕޫރަށްވުރެ ވެސް ރާއްޖޭގެ ޓެކްސް ބޮޑު ކަމަށް ސިޔާމް ވިދާޅުވި އެވެ.
ސިޔާމް ވިދާޅުވީ ޓެކްސް ބޮޑުކުރަން ވެއްޖެނަމަ ރާއްޖޭގެ އިގްތިސޯދު ހަލާކުވެގެން, ނިކަމެތި ވެގެން ހިނގައިދާނެ ކަމަށެވެ. އަދި ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ މިންވަރަށްވުރެ އިތުރަށް މިހާރުވެސް ޓެކްސް ނަގަމުންދާ ކަމަށާއި 5 ބިލިއަން ޑޮލަރު ޓެކްސްގެ ގޮތުގައި ލިބޭ ކަމަށް ސިޔާމް ވިދާޅުވި އެވެ.
ސިޔާމް ވިދާޅުވީ ރާއްޖެއަކީ މިއަދު ދުނިޔޭގައި އެންމެ މަތީ ފެންވަރުގައި ޓެކްސް ނަގަމުންދާ ގައުމު ކަމަށެވެ.
"މި ގައުމަށް ލާރިވެސް ލިބޭ. މި ގައުމަކީ ސައުތު އީސްޓް އޭޝިއާގައި އޮތް އެންމެ މުއްސަނދި ގައުމު. ޓެކްސްގެ ބޮލަކަށް ޖެހޭ މިންވަރުން ބަލާއިރު. އެހެންނަމަވެސް އަޅުގަނޑުމެންގެ މިލިބޭ ޓެކްސްގެ ތެރެއިން 5 ބިލިއަން ޑޮލަރު ލިބޭ ކަމަށްވަންޏާ 2 ބިލިއަން ޑޮލަރު ކޮންމެ އަހަރަކު މި އަޅާލަނީ ކަނޑަށް."
ކުންފުނިތަކުން ލިބޭ ގެއްލުން ފާހަގަކޮށް ސިޔާމް ވިދާޅުވީ ހަރަދު ކުޑަކުރަން ކުރަން ޖެހިފައިވާ އެންމެ މުހިއްމު އެއް ކަމަކީ ޖަރީމާ ހިންގާ ކުންފުނިތައް އުވާލުން ކަމަށެވެ.
"އަޅުގަނޑުމެން މިއަދު މިއަދުން މިއަދުން މިހާރުން މިހާރަށް ކުރަން ޖެހޭ ކަމަކީ ކޮބައިތޯ މި ހިންގާ ޖަރީމާ ކުންފުނިތައް ހުއްޓާލުން. ވަގުތުން ހުއްޓާލުން. މި ހުސް ޖަރީމާ ހިންގާ ކުންފުނިތައް. މި ހުސް ވައްކަން ކުރާ ކުންފުނިތައް"
އެހެންނޫންނަމަ މި ގައުމު އިނދަ ޖެހިގެންދާނެ ކަމަށާއި އަންނަން އޮތް ޖީލުތަކަށް ކެތްނުކުރެވޭ ވަރަށް އެކަންކަން ހިނގައިދާނެ ކަމަށް ސިޔާމް ވިދާޅުވި އެވެ.
ސިލޯނު ބެންކްރަޕްޓްވީ ކޮންމެ ރައީސްއަކު ކުންފުނިތައް ހަދައިގެން ކަމަށާއި އެ ގައުމު ބެންކްރަޕްޓްވި އިރު 1000 ކުންފުނި އޮތް ކަމަށް ސިޔާމް ވިދާޅުވި އެވެ.
"މި ވަބާގެ ތެރޭގައި އަދި އަޅުގަނޑުމެންނަށް ރަނގަޅަށް ތެދުވެނުވެ އުޅެނިކޮށް އަނެއްކާ މި ވީ އަޅުގަނޑުމެންގެ ރިހޭ ފައިމައްޗަށް ފޮއެ ވައްޓާލަން ތިއުޅުއްވަނީ. އޭގެ ސަބަބުން އަޅުގަނޑުމެންގެ ފައިދާނީ ފިސްފިސްވެގެން ކަމެއް ނޭނގޭ ފައި އޮންނާނެ ކަމެއްވެސް ނޭނގޭ"
ސިޔާމް އިތުރަށް ވިދާޅުވީ ޓެކްސް ނަގަން ދެކޮޅު ނޫން ކަމަށެވެ. އަދި އެދެމުންދަނީ ޓެކްސްއިން ލިބޭ ފައިސާ ރަނގަޅު ގޮތަގައި ބޭނުންކުރުމަށް ކަމަށްވެސް ސިޔާމް ވިދާޅުވި އެވެ.
ކަލޯ މަޖިލީހުގެ ޙާޒިރީ ޗެކް ކޮއްލާ އަނބިންތަކެއް ހޯދުމެއްނޫން މުހިންމީ އޯގާތެރި ކަމާއެކު ލޯބިދީގެން ޅަކުދިނއ ގެންގުޅުން ރަނގަޅީ ފައިސާއަކީ އިންސާނާގެ ހަލާކު ކަމަށް ނަހަދާ ރައްޔތުންނަށް ކަމެއް ކޮއްދެންޏާ މުއްސަނދިން ޓެކުސް ދައްކަންވީ