ޚަބަރު ރައްޔިތުންގެ މަޖިލިސް

އިސްރޭލް ޕާސްޕޯޓު މަނާ ނުކުރެވިގެން އުޅޭނީ އެމްޑީޕީން ބޭނުން ނުވާތީ

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން

އިޒްރޭލް ޕާސްޕޯޓު މަނާ ނުކުރެވިގެން އުޅެނީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) މެންބަރުން އެކަން ކުރަން ބޭނުން ނުވާތީ ކަމަށް ބާރަށު ދާއިރާގެ ކޮންގްރެސް ޕާޓީގެ މެންބަރު އިބްރާހީމް ސުޖާއު ވިދާޅުވެއްޖެ އެވެ.

Ads by Hajj Corporation

ޓޫރިޒަމް ގާނޫނަށް ސަރުކާރުގެ ފަރާތުން މައްޗަންގޮޅީ ދެކުނު ދާއިރާގެ މެންބަރު މުސްތޮފާ ހުސައިން ހުށަހެޅުއްވި ބިލުގެ ބަހުސްގައި ވާހަކަދައްކަވަމުން ސުޖާއު ވިދާޅުވީ އިޒްރޭލް ޕާސްޕޯޓް މަނާކުރަން ވެރިކަން ކުރާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕާޓީ (ޕީއެންސީ) އިން ތައްޔާރު ކަމަށެވެ. ނަމަވެސް އެކަމަށް އެމްޑީޕީ އިން ތައްޔާރު ނޫން ކަމަށް ޝުޖާއު ވިދާޅުވި އެވެ.

ސުޖާއު ވިދާޅުވީ ކުޑަ ދަށުގައި ތިބެގެން އެމްޑީޕީ މެންބަރުން ވިދާޅުވަނީ ގާރާރު ހުށަހެޅުނީތީ އެކަމާ ބޯހަލާކު ވާ ވާހަކަތައް ކަމަށެވެ. މިކަމުގެ ޕީއެންސީގެ އިހްލާސްތެރިކަން އޮތް ނަމަވެސް އެމްޑީޕީގެ އިހްލާސްތެރިކަމެއް ނެތް ކަމަށް ސުޖާއު ވިދާޅުވި އެވެ.

"ކޮމެޓީ މަރުހަލާ ދިވެހި ރައްޔިތުންނަށް ފެނިވަޑައިގަންނަވާނީ އެމްޑީޕީ ބޭފުޅުން އައިއްސަ ސިޔާސީ ޕާޓީތަކުގެ ހިޔާލު ހޯދާއިރު އެބޭފުޅުން ވިސްނާ ގޮތް އިނގިރޭސި ބަހުން ޖެހޭނީ އެ ބޭފުޅުން ޖަވާބުދާރީ ވާން. ވަރަށް މަކަރުވެރިކޮށް ލާފަ އޮތް އިސްލާހެއް އެއީ."

ނަމަވެސް މިއާ ހިލާފަށް ޕީއެންސީގެ އިހްލާސްތެރި ނިޔަތް އޮތް ކަމަށް ސުޖާއު ފާހަގަ ކުރެއްވި އެވެ. އަދި ރައީސް އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ކޮންމެ ޕްލެޓް ފޯމެއްގައި ފަލަސްތީން ރައްޔިތުންގެ ހައްގުގައި ދައްކާ ވާހަކަ އަށް ޖެއްސުން ކުރުމަށް އެމްޑީޕީން ލީ އިސްލާހެއް ކަމަށް ސުޖާއު ވިދާޅުވި އެވެ.

"އެއީ ހެޔޮ ނިޔަތް އޮވެގެން އެއް ނޫން. އެހެން ނަމަވެސް އަޅުގަނޑުމެން މިތިބީ ތައްޔާރަށް އިރާދަކުރެއްވިއްޔާ އިޒްރޭލްގެ ޕާސްޕޯޓުވެސް ބޭން ކުރާނަން އަދި ޕަލަސްޓީންގެ ހައްގުގައި ކުރެވެން އޮތް ކޮންމެ މަސައްކަތެއްވެސް ކުރާނަން އަދި އަވައްޓެރި ކޮންމެ ގައުމުތަކާ އެކީގައި ގުޅުންވެސް ބަދަހި ކޮށްގެން މިކަން ކުރާނީ"

އިޒްރޭލް ޕާސްޕޯޓުގައި ރާއްޖެއަށް ނުވަދެވޭ ގޮތަށް އިމިގްރޭޝަން ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް އަވަސްކުރުމަށް ވެރިކަން ކުރާ ޕީއެންސީ އިން ވަނީ މިއަދު ގޮވާލާފަ އެވެ.

ވަޒީރުންގެ މަޖިލީހުގެ މަޝްވަރާ އާއި ލަފާގެ މަތިން އިޒްރޭލް ޕާސްޕޯޓުގައި ރާއްޖެއަށް ނުވަދެވޭ ގޮތަށް އިމިގްރޭޝަން ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް ރައީސް ނިންމަވާފައި ވަނީ މިދިޔަ ޖޫން މަހުގެ ދެ ވަނަ ދުވަހު އެވެ.

އެގޮތަށް ނިންމިއިރު، އިޒުރޭލު ޕާސްޕޯޓު މަނާކުރުމާ ގުޅޭގޮތުން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް ހުށަހެޅުއްވި ބިލު ބަލައިގަނެ، 241 ކޮމިޓީއަށް ވަނީ ފޮނުވާފަ އެވެ. އެހެންކަމުން ސަރުކާރުންނާއި ކޮންގްރެސް ޕާޓީން ނިންމާފައިވަނީ މީކާއީލް ހުށަހެޅުއްވި ބިލާ އެކު ކުރިއަށް ދިއުމަށެވެ.

Ads by HDC