ޚަބަރު އިޖުތިމާޢީ

ތެލެސީމިއާ ހޮސްޕިޓަލް އެޅުމަށް އެއްބަސްވުމުގައި ސޮއިކޮށްފި

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން

ތެލެސީމިއާ އެންޑް ހެމޮގްލޮބިނޯޕަތީސް ހޮސްޕިޓަލް އެޅުމުގެ އެއްބަސްވުމުގައި މެލޭޝިއާގެ ކުންފުންޏަކާއެކު ސޮއިކޮށްފި އެވެ.

Ads by MWSC

ހުޅުމާލޭ ފޭސް 2 ގައި އަޅާ މި ހޮސްޕިޓަލް އެޅުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ 2023-2024 ވަނަ އަހަރުގެ ތެލެސީމިއާ ޕްރިވެންޝަން އެންޑް ކޮންޓްރޯލް މާސްޓްރަ ޕްލޭން އިފްތިތާހުކުރުމަށް ކްރޮސްރޯޑްސް ގައި ބޭއްވި ރަސްމިއްޔާތުގަ އެވެ.

ސަރުކާރުން ވަނީ މި ހޮސްޕިޓަލް އެޅުމަށް ހުޅުމާލެ ދެވަނަ ފިޔަވަހިން 72،000 އަކަފޫޓުގެ ބިމެއް ހަމަޖައްސަވާފަ އެވެ.

މި އެއްބަސްވުމުގައި އިންޖިނިއަރިން ޕްރޮކިއުމަންޓް އަދި ކޮންސްޓްރަކަޝަން އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް އެވެ.

މެޑޯ އޭޝިއާ ގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ސްޓުއާޓް ޖޭ ވެނާ ޕެކްގެ އެވެ. ޗިން ހިން އިންޖީނިއަރިން ގްރޫޕްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ރޮޖާ ލިމް ސްވީކިއެޓް އެވެ.

ހޮސްޕިޓަލު އިމާރާތްކުރުމަށް މާލީ އަދި ފަންނީ އެހީތެރިކަން ފޯރުކޮށްދޭން ހަމަޖެހިފައިވާ ސައިނޯމާ އިންޖީނިއަރިން އިންޑަސްޓްރީގެ ފަރާތުންނެވެ.

މި އެއްބަސްވުމުގައި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ލިއު ޓާއޯ އެވެ.

މި ހޮސްޕިޓަލަކީ އެންމެ ޒަމާނީ ވަސީލަތްތަކާއެކު ތެލަސީމިއާ ކުދިންނަށް ބޭނުންވާ ފަރުވާތައް ދެވޭގޮތަށް، ލެބޯޓްރީއާއި ވޯޑްތަކުގެ އިތުރުން ޕްރައިވެޓް ރޫމްތަކާއި އައިސީޔޫ އަދި އެކަހެރިކޮށްގެން ފަރުވާދެވޭނެ އިންތިޒާމާއި، ގުނަވަން ބަދަލުކުރުމާއި ބޯންމެރޯއަށް ޓްރާންސްޕްލާން ޔުނިޓެއް ވެސް ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ ހޮސްޕިޓަލެކެވެ.

މީގެ އިތުރުން ޖެނެޓިކް ސްކްރީނިންގާއި، ކައުންސިލިންގެ ހިދުމަތްތައްވެސް މި ހޮސްޕިޓަލް ތަރައްގީ ކުރެވޭ އިރު ލިބިގެންދެ އެވެ.

ތެލެސީމިއާ ހާއްސަ ހޮސްޕިޓަލެއް މި ދައުރުގެ ތެރޭގައި ގާއިމް ކުރުމަކީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ގެ ވައުދެކެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!