ޚަބަރު އިޖުތިމާޢީ

އުދައަރާނެކަމަށް ލަފާކޮށް ކ އިން އައްޑޫއަށް ވައިޓް އެލާޓް

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން

އުދަ އަރާނެކަމަށް ލަފާކޮށް ކ. އަތޮޅުން ފެށިގެން އައްޑޫ ސީޓިއަށް ވައިޓް އެލާޓް ނެރެފި އެވެ.

Ads by MWSC

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އޮފީހުން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ އެ ސަރަހައްދަށް ވައިޓް އެލާޓް ނެރިފައިވަނީ މިއަދު ހެނދުނު 11:30 އިން ފެށިގެން މިއަދު ހަވީރު 15:30 އަށެވެ.

މެޓުން ބުނީ ރާއްޖޭގެ މޫސުން އާންމުގޮތެއްގައި ރަނގަޅު ވާނެކަމަށެވެ. އަދި ވައި ޖެހޭނީ ހުޅަނގު ދެކުނާއި ހުޅަނގުން، ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނެއްގައި ކަމަށް މެޓުން ބުންޏެވެ.

އޭގެ އިތުރުން މެޓުން ބުނީ ރާޅުގެ އުސްމިން 3-6 އަކަފޫޓު ހުންނާނެ ކަމަށެވެ. އަދި ދިޔަވަރުގައި 2.9 އަކަފޫޓު ހުންނާނެ ކަމާއި، ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް މެޓުން މައުލޫމާތުދެ އެވެ.

މި ދެ ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް އުދަ އަރާފައިވެ އެވެ. އަދި އިއްޔެ އެކަނިވެސް ދެކުނަށް އުދަ އަރާނެ ކަމަށް ލަފާކޮށް ދެ ފަހަރު ވައިޓް އެލާޓް ނެރެފަ އެވެ.

ބައެއް ރަށްރަށަށް އުދަ އަރާފައިވާއިރު އެންމެ ބޮޑަށް އުދައެރީ ގއ. ނަޑެއްލާ އަށެވެ. އެ ރަށުގެ ގެތަކާއި ހަމައަށް ލޮނުގަނޑު ގޮސްފާއިވާކަމަށް އެރަށުގެ ކައުންސިލުން ވަނީ ބުނެފަ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!