ޚަބަރު

މާލޭގެ ފިހާރައެއް ފަޅާލައިގެން ވައްކަން ކުރި ތިން މީހަކު ހައްޔަރުކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ފިހާރައެއް ފަޅާލައިގެން ވައްކަން ކުރި ތިން މީހުން

މާލޭގެ ފިހާރައެއް ފަޅާލައިގެން ވައްކަން ކުރި ތިން މީހަކު ހައްޔަރުކޮށްފި އެވެ.

Ads by Sosun Fihaara

މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ ދޮރެއް ހަލާކުކޮށްލައިގެން އެ ތިން މީހުން ފާޅާލީ މާވެޔޮ މަގުގައި ހުންނަ ފިހާރެއް ކަމަށެވެ.

އަދި އެ ފިހާރަ ފަޅާލިކަން ފާހަގަވީ ރޭ ފަތިހު 4:20 ހާއިރު ފުލުހުން މާލެތެރެ ޕެޓްރޯލް ކުރަމުންދިޔަ ވަގުތު ކަމަށް ފުލުުހުން ބުނެފައިވެ އެވެ.

އެހެންވެ ފަހުން އެ ސަރަހައްދުގެ ސީސީޓީވީ ފޫޓޭޖް ބަލައި ވައްކަންކުރި ކަމަށް ތުހުމަތުކުރެވޭ ތިން މީހުން ހައްޔަރުކޮށް ފުލުހުން ވަނީ އެ މީހުންގެ ވަނަވަރުވެސް މިރޭ އާންމުކޮށްފަ އެވެ.

އެ މައްސަލައިގައި ހައްޔަރުކުރީ ގދ. ވާދޫ، އަތަމާގެ އިހުސާން އިބްރާހިމް(26އ)، އާއި ގދ. ވާދޫ ލިލީގެ، މުހައްމަދު ސޮބާހް(46އ)، އަދި ރ. އިނގުރައިދޫ/ދަނބުރުއްދަށުގެ އިބްރާހިމް މުހައްމަދު ރަޝީދު(34އ)، އެވެ.

ފުލުހުން ބުނީ އެ މީހުން ވަގަށް ނެގި ކަމަށް ބެލެވޭ ފައިސާ އާއި ސިނގެރޭޓް ކާޓޫންތަކެއް ވެސް ހޯދިފައިވާ ކަމަށެވެ.

އެ މައްސަލައިގައި އިހުސާން 30 ދުވަހަށް ބަންދުކުރި އިރު ސޮބާހުއާއި އިބްރާހިމް މުހައްމަދު ރަޝީދު ވަނީ 15 ދުވަހަށް ބަންދުކޮށްފަ އެވެ.