ޚަބަރު

ދިއްދޫ އާއި ކެލާއިން ދެމީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ހއ. ދިއްދޫ އަދި އެ އަތޮޅު ކެލާއިން ހޯމް ކަރަންޓީނުގައި ތިބި 2 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

Ads by MWSC

ދިއްދޫއިން ފައްސިވެފައިވަނީ އަންހެނެކެވެ. އަދި ކެލާއިން ފައްސިވެފައިވަނީ ފިރިހެނެކެވެ.

ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ހާމަކުރި ގޮތުގައި މި ދެރަށުން ވެސް ފައްސިވެފައިވަނީ ހޯމް ކަރަންޓީނުގައި  ތިބި ދެ މީހުންނެވެ. އެގޮތުން ކެލާއިން ފައްސިވެފައި ވަނީ 57 އަހަރުގެ ފިރިހެނެއް ކަމަށާއި، ދިއްދޫން ފައްސިވެފައި ވަނީ 22 އަހަރުގެ އަންހެނެއް ކަމަށްވެސް އެޗްއީއޯސީން ބުނެފައިވެއެވެ.

ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަމުން އަންނައިރު، ރަށްރަށަށް ހޯމް ކަރަންޓީނަށް ގޮސް ތިބޭ މީހުން ފައްސިވާ މިންވަރު ވެސް އަންނަނީ އިތުރުވަމުންނެވެ

އިއްޔެ ވެސް ރާއްޖެއިން އިތުރު 66 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. މިއާއެކު ރާއްޖެއިން މިހާތަނަށް ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 8900 އަށް އަރާފައެވެ.

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!