ޚަރަދުތައް ހަމަޖެއްސުމަށް 4.2 ބިލިޔަން ރުފިޔާގެ ޓީ-ބިލް ވިއްކަނީ

ރުކާރުގެ ޚަރަދުތައް ހަމަޖެއްސުމަށް 4.2 ބިލިޔަން ރުފިޔާގެ ޓްރެޜަރީ ބިލް (ޓީ-ބިލް) ވިއްކުމަށް ނިންމައިފިއެވެ.
މާލީ ވުޒާރާއިން ވިއްކުމަށް ނިންމާފައިވަނީ ޖުމްލަ 4.2 ބިލިޔަން ރުފިޔާގެ 4 ޓީބިލެކެވެ. ޓީ- ބިލް ވިއްކުމަށް ހަމަޖެހިފައިވަނީ މިމަހުގެ 20ވަނަ ދުވަހުއެވެ.ޓީ-ބިލްތަކުގެ ތަފްސީލު:
• 28 ދުވަހުން އަނބުރާ ދެއްކުމަށް ވިއްކާ 1.9ބިލިޔަން ރުފިޔާގެ ޓީ-ބިލް • 98 ދުވަހުން އަނބުރާ ދެއްކުމަށް ވިއްކާ 172މިލިޔަން ރުފިޔާގެ ޓީ-ބިލް • 182 ދުވަހުން އަނބުރާ ދެއްކުމަށް ވިއްކާ 830މިލިޔަން ރުފިޔާގެ ޓީ-ބިލް • 364 ދުވަހުން އަނބުރާ ދެއްކުމަށް ވިއްކާ 1.2 ބިލިޔަން ރުފިޔާގެ ޓީ-ބިލް
ޓީ-ބިލްތަކުގެ އިންޓްރެސްޓް ރޭޓް އުޅެނީ 3.50 އިންސައްތައާއި 4.60 އިންސައްތައާއި ދެމެދުގައެވެ. ޓީ-ބިލަކީ ބަޖެޓްގެ ދަރަނި ފޫބެއްދުމަށް ވިއްކާ ދައުލަތުގެ ދަރަންޏެކެވެ. ޓީ-ބިލް ވިއްކަނީ އޭގެ އަސްލު އަގަށްވުރެ ހެޔޮކޮށް، އަދި ކަނޑައެޅިފައިވާ މުއްދަތެއް ހަމަވުމުން، އޭގެ ފައިސާ އަނބުރާ ދައުލަތުން އެފަރާތަކަށް އޭގެ އަސްލު އަގު އަދާކުރާގޮތަށެވެ. މީގެ ސަބަބުން ޓީ-ބިލަށް އިންވެސްޓްކުރާ ފަރާތްތަކަށް ފައިދާ ލިބެއެވެ. ރާއްޖޭގައި މިހާރު ޓީ-ބިލްގައި އިންވެސްޓްކުރަނީ ބޭންކްތަކާއި، ޕަބްލިކް ކުންފުނިތަކާއި، ޕެންޝަން އޮފީހުގެ އިތުރުން އަމިއްލަ ކުންފުނިތަކުންނެވެ. ސަރުކާރުގެ ޚަރަދުތައް ހަމަޖައްސުމަށް 4.2 ބިލިޔަން ރުފިޔާގެ ޓީ-ބިލް ވިއްކުމަށް ނިންމާފައިވާއިރު، ސަރުކާރުން ދަނީ އާމްދަނީ އިތުރުކުރުމަށް ފިޔަވަޅުތަކެއް އަޅަމުންނެވެ.





ކޮމެންޓް