ބާރަށުގައި ޓޫރިސްޓް ހޮޓަލެއް ތަރައްގީކުރަނީ

ހއ. ބާރަށުގައި ޓޫރިސްޓް ހޮޓަލެއް ތަރައްގީކުރަން ނިންމައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ވަނީ ބާރަށުގައި ފަތުރުވެރިކަން ތަރައްގީކުރުމަށް ޓޫރިސްޓް ހޮޓަލެއް ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ބީލަމަށްލިކަން ހާމަކޮށްފަ އެވެ.
އެ ހޮޓަލަށް 71,832 އަކަފޫޓުގެ ބިމެއް ކަނޑައަޅާފައިވާ ކަމަށް ވެސް ޓޫރިޒަމް މިނިސްޓްރީން ބުނެފައިވެ އެވެ.
އަދި އެކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މި މަހުގެ 28 ވަނަ ދުވަހު ޒޫމް މެދުވެރިކޮށް<strong> </strong>ބާއްވާ މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެ، އަންނަ ޑިސެމްބަރު މަހުގެ 5 ވަނަ ދުވަހުގެ ހެނދުނު <strong>10:00 </strong>އަށް ޓޫރިޒަމް މިނިސްޓްރީއަށް ހާޒިރުވެ ބީލަން ހުށަހެޅުމަށް މިނިސްޓްރީން ވަނީ އެދިފަ އެވެ.
ބާރަށުގައި ހޮޓަލެއް ތަރައްގީކުރަން ނިންމި ނިންމުމާ ގުޅިގެން ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު އެކްސް ގައި ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދާ <span class="css-1jxf684 r-bcqeeo r-1ttztb7 r-qvutc0 r-poiln3">އެއްގޮތައް ބާރަށު ޓޫރިޒަމް ޒޯން އިންޓަނޭޝަނަލް ބިޑަށް މިއަދު ހުޅުވާލެވިގެން ދިއުމަކީ ބާރަށުގެ ކުދިބޮޑު އެންމެހައި ރައްޔިތުންނަށް ލިބިގެން ދިޔަ ތާރީހީ ބޮޑުއުފަލެއް ކަމަށެވެ.</span>
ބާރަށަކީ ކުޅިތަކުން މުއްސަނދިވެފައިވާ ވަރަށް ރީތި ބޮޑު ރަށެކެވެ.






ކޮމެންޓް