Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
އިޖުތިމާޢީ

މަކަރާއި ހީލަތުގެ މައްސަލައަކާ ގުޅިގެން ދެމީހަކު ހޯދަނީ

މަކަރާއި ހީލަތުގެ މައްސަލައަކާ ގުޅިގެން ދެމީހަކު ހޯދަނީ

މަކަރާއި ހީލަތުގެ މައްސަލައަކާ ގުޅިގެން ދެމީހަކު ހޯދަން ފުލުހުން އިއުލާންކޮށްފި އެވެ.

ފުލުހުންގެ ވެބްސައިޓުގައި މިއަދު ކުރި އިއުލާނެއްގައި ބުނީ ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ތަހުގީގު ކުރަމުންދާ، މައްސަލާގައި ހޯދަން އިއުލާންކޮށްފައިވަނީ އަހްމަދު ރާއިފް، ގަނދަކޯޅިމާގެ / މ. މުލައް، (25އ) އަދި އިސްމާއީލް ޝައިމަން، ގ. ރަންނާޅިގެ / މާލެ، (28އ) ކަމަށެވެ.

ފުލުހުން ބުނީ މި ދެމީހުން އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ ކަމަށެވެ.

Advertisement
Ooredoo — Truecaller (box)

އެގޮތުން އޭނާ ފުލުހަށް ހާޒިރުކުރަން އިއުލާނުކޮށްފައިވަނީ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށެވެ.

މި މައްސަލައާ ގުޅިގެން މި ދެމީހުން މި މަހުގެ 31 ވަނަ ދުވަހުގެ މެންދުރުފަހު 2 ޖަހާއިރަށް ނުވަތަ ވީ އެންމެ އަވަހަކަށް ސާޖަންޓު އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންއަށް ހާޒިރުވުމަށް ފުލުހުން އަންގާފައިވެ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް