ސަޕްލިމެންޓްރީ ބަޖެޓު ދިރާސާކުރަން ކޮމިޓީއަށް ފޮނުވައިފި

ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 5,119,508,129 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓުގެ ބަހުސް ނިންމާލުމަށްފަހު ދިރާސާކުރަން ބަޖެޓް ދިރާސާކުރާ ކޮމިޓީއަށް ފޮނުވައިފި އެވެ.
މިއަދުގެ މަޖިލީހުގެ ޖަލްސާގައި އެ ބަޖެޓް މަޖިލީހަށް ހުށަހެޅުއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ.
ސަޕްލިމެންޓަރީ ބަޖެޓުގައި ހުށަހެޅި 5.11 ބިލިއަންގައި ހިމެނެނީ:
- ޕީއެސްއައިޕީ އަށް އިތުރު 2.0 ބިލިއަން ރުފިޔާ
- ސަރުކާރު ހިއްސާވާ ކުންފުނިތަކަށް އިތުރު 441.4 މިލިއަން ރުފިޔާ
- ކޮންޓިންޖެންސީ ބަޖެޓަށް އިތުރު 650 މިލިއަން ރުފިޔާ
- ސްޓޫޑަންޓު ލޯނު ދޫކުރުމަށް 458.4 މިލިއަން ރުފިޔާ
- މެޑިކަލް ކޮންޒިމަބަލްސް އަށް 200 މިލިއަން ރުފިޔާ
- ބޭސްފަރުވާގެ އެހީއަށް 262.6 މިލިއަން ރުފިޔާ
- ސަބްސިޑީއަށް 1.02 ބިލިއަން ރުފިޔާ
- މުސާރައާއި އުޖޫރައަށް 24.4 މިލިއަން ރުފިޔާ






ކޮމެންޓް