Tuesday, 3 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ގެދޮރުވެރިޔާގެ ފްލެޓްތަކަށް ކުރިމަތިލެވޭ ކަމަށް ބުނެ ހިންގާ ސްކޭމް އަދިވެސް ނުހުއްޓޭ

ގެދޮރުވެރިޔާގެ ފްލެޓްތަކަށް ކުރިމަތިލެވޭ ކަމަށް ބުނެ ހިންގާ ސްކޭމް އަދިވެސް ނުހުއްޓޭ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓްތަކަށް އެދި ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލައިފިކަމަށް ބުނެ ހިންގާ ސްކޭމް ނުހުއްޓާތީ ސަމާލުވުމަށް ފުލުހުން އަނެއްކާވެސް އިލްތިމާސްކޮށްފި އެވެ.

ފްލެޓްތަކަށް އެދި ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލައިފިކަމަށް ބުނެ ފިޝިންގ ލިންކެއް ދައުރުވަމުންދާތީ ސަމާލުވުމަށް ފުލުހުން އެންމެ ފުރަތަމަ އިލްތިމާސްކުރީ މި މަހުގެ މެދުތެރޭގަ އެވެ.

އޭގެ ފަހުން ފުލުހުން މިއަދު އެކްސްގައި އަނެއްކާވެސް ބުނީ ސައްހަނޫން މައުލޫމާތު އެކުލެވޭ މެސެޖެއް ފިޝިން ލިންކަކާއެކު އަދިވެސް ދަނީ ދައުރު ކުރަމުން ކަމަށެވެ.

Advertisement
Ooredoo — Truecaller (box)

"ސަމާލުވެލައްވާ! މިފަދަ ލިންކުތަކަށް ނުފިއްތަވާ!" ފުލުހުން 'އެކްސް'ގައި ބުންޏެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ގާއިމުކޮށްފައިވާ ވިނަރެސް ފްލެޓްތަކަށް ރާއްޖޭގެ ކޮންމެ ރައްޔިތަކަށް އެޕްލައި ކުރެވޭނެ ކަމަށް ބުނެ ސްކޭމް ލިންކެއް މެސެޖުކުރުމުން ސަމާލުވުމަށް ވެސް މިދިޔަ އޮގަސްޓު މަހު ފުލުހުން އިލްތިމާސްކުރި އެވެ.

ފްލެޓާއި އެކި ކަހަލަ ޕްރޮމޯޝަންތަކާއި އެކިއެކި ނަންނަމުގައި ސްކޭމް ހިންގާތީ ސަމާލުވުމަށް އެކި އިދާރާތަކުން މީގެ ކުރިން ވެސް އިލްތިމާސްކޮށްފައިވެ އެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް