Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
އިޖުތިމާޢީ

އުރީދޫ ލަކީ ޑްރޯގައި ބައިވެރިވެގެން މެރަތަން ދުވެލަން ދޯހާއަށް

އުރީދޫ ލަކީ ޑްރޯގައި ބައިވެރިވެގެން މެރަތަން ދުވެލަން ދޯހާއަށް
އުރީދޫ މޯލްޑިވްސްގެ ކަސްޓަމަރުންނަށް އުރީދޫ ލަކީ ޑްރޯގައި ބައިވެރިވެލައިގެން މެރަތަނަ ދުވެލަން ދޯހާއަށް ދިޔުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. އުރީދޫ އިން ބުނީ އުރީދޫ ވެބްސައިޓު މެދުވެރިކޮށް މިއަދުން ފެށިގެން 26 ނޮވެންބަރު މަހުގެ 23:59 އަކާ ހަމައަށް ލަކީ ޑްރޯގައި ބައިވެރިވެވޭނެ ކަމަށެވެ. މި ލަކީ ޑްރޯގައި ނަސީބުވެރި ދެ ފަރާތެއް ހޮވާއިރު، ދޯހާ މެރަތަން އޮންނަނީ މިއަންނަ އަހަރުގެ ޖެނުއަރީ 17 ވަނަ ދުވަހު ގަތަރުގައި ކަމަށް އުރީދޫ އިން ބުންޏެވެ. ލަކީ ޑްރޯގައި ބައިވެރިވުމުގެ ޝަރުތުތައް:
  • އުރީދޫ މޯލްޑިވްސްގެ ކަސްޓަމަރެއްގެ ގޮތުގައި މަދުވެގެން އެއް އަހަރު ދުވަހު ހުރުން، ލަސްވެގެން 1 އޮކްޓޯބަރު 2023 އިން ފެށިގެން.
  • ދޯހާ މެރަތަންގައި ހާފް މެރަތަންއެއް ނުވަތަ މެރެތަންއެއް ދުވުމުގެ ގާބިލްކަން ސިއްހީ ގޮތުން ހުރުން، މީގެ ކުރިން ހާފް މެރަތަންއެއް ނުވަތަ މެރަތަންއެއް ދުވެފައިވުން.
  • ގަތަރަށް އެތެރެވުމުގެ ޝަރުތުތައް ފުރިހަމަވާ ދިވެހި ޕާސްޕޯޓެއް އޮތުން.
  • 26 ނޮވެންބަރު 23:59 ގެ ކުރިން ލަކީ ޑްރޯގައި ބައިވެރިވުން.
އުރީދޫ އިން ބުނީ ލަކީޑްރޯގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ore.do/dohamarathon މި ލިންކުން ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި މި މެރަތަންއާ ބެހޭގޮތުން އިތުރު މައުލޫމާތު ހޯދަން ބޭނުންވާ ފަރާތްތަކުން މެރަތަންއާ ގުޅޭ އީމެއިލް މެދުވެރިކޮށް މައުލޫމާތު ހޯދޭނެ ކަމަށް އުރީދޫ އިން ބުންޏެވެ.  

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް