ކުށް ކުރާ ކުދިންގެ މައްސަލަ ހައްލުކުރަން އެކްޝަންޕްލޭނެއް
ކުށްތަކަށް އަރައިގަންނަ ކުދިންގެ މައްސަލަ ހައްލުކުރުމަށް އެކްޝަންޕްލޭނެއްގެ ޑްރާފްޓެއް އެކުލަވާލުމުގެ މަސައްކަތް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓްރީން ފަށައިފި އެވެ.
އެ މިނިސްޓްރީން "ސަރުކާރު" ގެ ވެބްސައިޓުގައި ޝާއިއުކުރި ހަބަރެއްގައި ބުނީ އެ ޑްރާފްޓު އެކުލަވާލާފައިވަނީ އަތޮޅުގައި ކުށްކުރާ ކުޑަކުދިން އަދި ކުށުގެ މާހައުލަށް ހުށަހެޅުމުގެ ފުރުސަތު އޮތް ކުދިންގެ ހާލަތާއި، މަސްތުވާތަކެތީގެ ޝިކާރައަށްވެފައިވާ ކުދިންގެ ހާލަތާއި، ގެވެށި އަނިޔާގެ މައްސަލަތަކާއި، ބްލެކްމެއިލް ކުރުން އަދި ބުލީކުރުމުގެ މައްސަލަ އޮތް މިންވަރާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށްފަހު ކަމަށެވެ.
މިނިސްޓްރީން ބުނީ އެކްޝަންޕްލޭން އެކުލަވާލާފައިވަނީ އެ މައްސަލަ ހައްލުކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުމަށް ކަމަށެވެ.
މި މަހުގެ 23 އާއި 24 ވަނަ ދުވަހު އުކުޅަހުގައި ”ކޮންފަރެންސް އޮން އެޑްރެސިންގް ޔޫތު އެންޑް ސަޕޯޓިންގް އެޓް-ރިސްކް ޗިލްޑްރަން އިން އއ. އެޓޯލް" ގެ ނަމުގައި ކޮންފަރެންސް ބާއްވާފައިވަނީ ފުލުހުންގެ ހިދުމަތުގެ ފެމިލީ އެންޑް ޗައިލް ޕްރޮޓެކްޝަނާއި ޔުނިސެފް މޯލްޑިވްސް ގުޅިގެންނެވެ.
ޝާކިރު، ނޯތު ސެންޓްރަލް ޕޮލިސް ކޮމާންޑަރު ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ފަރީދު އިސްމާއީލް ބައިވެރިވެވަޑައިގެންފައިވެ އެވެ.
އެކަމާ ގުޅުންހުރި އެހެނިހެން ޑިޕާޓްމަންޓުތަކުގެ އިސް ވެރިންނާއި އެހެނިހެން ފުލުހުންގެ އިތުރުން ނޯތު ސެންޓްރަލް ޕޮލިސް (ކ، އއ، އދ، ވ) އަތޮޅު ކޮމާންޑަރުންނާއި، އއ އަތޮޅުގެ ފުލުހުންގެ މަރުކަޒުތަކުގެ އިންޗާޖުންނާއި ޔުނިސެފްގެ ބޭފުޅުންވެސް އެ ކޮންފަރެންސްގައި ބައިވެރިވަޑައިގެންފައި ވެއެވެ.
ތިޔައަށްވުރެ މާ އެފެކްޓް ވާނެ ތިޔަކަމަށް ލަވައެއް ހަދާ ، އެ ލަވަ ކިޔާލީމަ…